ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ ބުނީ ކޮންސަލްޓެންސީ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ކަމަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

Ad
rt

މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސްއެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362.00 ޑޮލަރެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ދެ ފަހަރެއްގެ މަތިން ފިނޭންސްއިން އިއުލާނު ކުރިއެވެ.