މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަސް ހާސް ހިއްސާ ނޭކުރެންދޫ ކައުންސިލުން ގަނެފިއެވެ.

އިސްލާމިކް ބޭންކްގެ ހިއްސާ ގަތުމަށް ކައުންސިލުން ނިންމާފައިވަނީ ކައުންސިލުގެ 2019 ވަނަ އަހަރުގެ 13 ވަނަ އާއްމު ބައްދަލުވުމުން ކައުންސިލްގެ 3 މެމްބަރުންގެ އިއްތިފާޤުންނެވެ.

Ad
rt

ނޭކުރެންދޫ ކައުންސިލުން އިސްލާމިކް ބޭންކްގެ ކުޅުދުއްފުށި ބްރާންޗް މެދުވެރިކޮށް 35 ރުފިޔާގެ ރޭޓުން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާގެ ހިއްސާ ގަނެފައިވަނީ 16 ސެޕްޓެމްބަރ 2019 ވީ ހޯމަދުވަހުއެވެ. ކައުންސިލްގެ ފަރާތުން ހިއްސާ ބައްލަވައިގަތީ ކައުންސިލްގެ ރައީސް އިބްރާހީމް މައޫޒެވެ.

ކައުންސިލުން ހިއްސާގަތުމަށް އެއްލައްކަ ހަތްދިހަ ފަސް ހާސް ރުފިޔާ ޚަރަދުކޮށްފައިވަނީ ކައުންސިލްގެ މާލިއްޔާއިންނެވެ. ކައުންސިލުން ޤަބޫލުކުރާގޮތުގައި އިސްލާމިކް ބޭންކުން ހިއްސާ ގަތުމަކީ ކުރިއަށް އޮތް މުސްތަޤަބަލަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.