އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.

ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު މި ޖަނަރޭޓަރު ކުމުންދުއަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް މިހާރު އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ.

އަމީން ކުރިން ވިދާޅުވި ގޮތުގައި އެތަނުން އެއް ޖަނަރޭޓަރަށް މައްސަލަ ދިމާވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި ބޭނުން ކުރަމުންއައި ޖަނަރޭޓަރެއްގެ މަސައްކަތެއް ކުރަމުންދަނިކޮން އެޖަނަރޭޓަރ މައްސަލަ ޖެހި މިއަދާއި ހަމައަށް މުޅިރަށަށް ކަރަންޓް ދެމުން މިދަނީ އެންމެ ޖަނަރޭޓަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.