އިންތިޚާބުގައި ވާދަނުކުރުމަށް ނިންމީ އާ ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތު ދިނުމަށް: އަމީން
ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު، ވިދިވިދިގެން ތިން ދައުރު ކައުންސިލްގައި ޚިދުމަތް ކުރެއްވުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ. އަމީން މިކަން ހާމަކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރުން ފެށިގެން ކުމުންދޫ ކައުންސިލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމުގައި ރަށުގެ ތަރައްޤީއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ރައްޔިތުން ވަނީ ދެއްވާފައެވެ. ނަމަވެސް، 2026 ވަނަ އަހަރު ބޭއްވު...