ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ.

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ.

Ad
rt

ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައިގަތީ 6 ވޯޓެވެ.

ހދ. ނައިބުރައީސްގެ މަގާމަށް ހޮވިވަޑައިގަތް އަމީން "ތިލަދުން"އަށް ވިދާޅުވީ، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި ގުޅިގެން އަތޮޅުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

" އަތޮޅުގައި މިހާރުއޮތް ކޯވިޑްގެ ހާލަތުން އަރައި ގަނެވުނުހާ އަވަހަކަށް މަސައްކަތް ފަށައިގަންނާނަން" އަމީން ވިދާޅުވިއެވެ.

ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން 6 ރަށެއްގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުން ތިއްބަވައެވެ. 4 ރަށެއްގައި، ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުން ތިއްބަވާއިރު، ދެރަށެއްގައި މިނިވަން 2 ރައީސެއް އަދި އެއް ރަށެއްގައި އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސެއް ހުންނަވައެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސްއަކީ ހދ. ވައިކަރަދޫއަށް ނިސްބަތްވެވަޑައިގަންނަވާ މުޙައްމަދު ސިރާޖެވެ.

ހދ. އަތޮޅު ކައުންސިލް އެކުލެވިގެންވަނީ ހދ. އަތޮޅުގެ ކައުންސިލްގެ ރައީސްއާއި، އެ އަތޮޅުގެ 13 ރަށުގެ ރައީސުން ހިމެނޭހެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު ހިމެނޭހެންނެވެ.

ހދ. އަތޮޅު ކައުންސިލްގެ އިދާރާ ހުންނަނީ ކުޅުދުއްފުށީ ސިޓީގައެވެ.