ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދިއެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސްބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 90.5 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ރަންވޭގެ ދެ ފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. އަދި ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމަށް ވެސްވަނީ ނިންމައިފައެވެ.

ހޯރަފުށީ އެއާޕޯޓު ވެސް ތަރައްގީ ކުރީ އެމްޓީސީސީންނެވެ.