މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް

މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ މުބާރާތުގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮއްފައިވާއިރު ސެމީ ފައިނަލްގެ މެޗުތައް މިއަދު ހަވީރު ފަށައިގެން ކުރިއަށް އެބަދެއެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޓީމުތަކުގެ ތެރެއިން 13 ޕޮއިންޓާއެކު ރޯނު ކަނބަލުން ތާވަލުގެ އެއްވަނައިގައި ހިމެނިފައިވާއިރު، ފިރިހެން ޑިވިޜަނުން ތާވަލުގެ އެއްވަނައަށް ގޮސްފައިވަނީ 15 ޕޮއިންޓާއެކު ރޯނު އެފްސީއެވެ. މުބާރާތުގެ ސެމީފައިނަލުގައި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ...

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: އަންހެން ޑިވިޜަންގެ 4 ޓީމަކުން ސެމީގެ ޖާގަ ކަށަވަރުކޮއްފި 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: އަންހެން ޑިވިޜަންގެ 4 ޓީމަކުން ސެމީގެ ޖާގަ ކަށަވަރުކޮއްފި

ހދ މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ ވާދަކުރި އަންހެން ޑިވިޜަންގެ 4 ޓީމަކުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮއްފިއެވެ. އިހްވާން ޖޫނިއާސް އަދި ހޭޅި މުބާރާތުން ވަކިވެފައިވާއިރު، ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޒައިޒީ ޗެލެންޖާސް، ރޯނު ކަނބަލުން، އިހްވާން އެސްސީ އަދި ދަގަތަ އެފްސީއެވެ. މީގެ ތެރެއިން އަންހެން ޑިވިޜަނުގެ ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ ޒައިޒީ ޗެލެންޖާސްއެވެ. އިއްޔެގެ މެޗުތަކުން އިހްވާން އެސްސީ އަތުން ޒައިޒީ މޮޅުވެފައިވަނީ 2-5ގެ […]

ފާތިމަތު ސަޙާ
މަކުނުދޫ ރައްޔިތުންނަށް ސޯލާ ޕެނަލަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ބާއްވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ރައްޔިތުންނަށް ސޯލާ ޕެނަލަށް އަހުލުވެރި ކުރުމުގެ ސެޝަނެއް ބާއްވަނީ

އިޔާދަ ކުރެވޭނެ ހަކަތަ ނުވަތަ އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ބޭނުން ކުރުމާ ބެހޭގޮތުން ހދ. މަކުނުދޫ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަނަކީ އެއޯން އެނަރޖީއާއި މަކުނުދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ސެޝަނެކެވެ. 22 ސެޕްޓެމްބަރ 2026ވާ އަންގާރަ (މާދަމާ)ގެ މެންދުރުފަހު 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން އޮންނާނީ އެ ރަށު ކާނިމާލަމުގައެވެ. އަދި މި ސެޝަނުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެހައި ރައްޔިތުންނަށް ވަނީ ހުޅުވާލެވިފައެވެ. މަކުނުދ...

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު

ހދ މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް”ގެ އިއްޔެގެ މެޗުތަކުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބިއްލެޑޭ އެފްސީއެވެ. އެ ޓީމުން ވަނީ އިހްވާން އެފްސީގެ މައްޗަށް 10-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ އެ ޓީމަށް 4 ލަނޑު ޖަހައި ޕޯކާ ފުރިހަމަކޮއްފައިވާ މުޙައްމަދު ޔަފާޢުއެވެ. މީގެއިތުރުން މުޙައްމަދު ނައިސަމް ވަނީ އެ ޓީމަށް 3 ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން، […]

ފާތިމަތު ސަޙާ
ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި 📍 ހދ. މަކުނުދޫ

ތާރީޚާއި ސަގާފަތް ދައްކައިދޭ މަކުނުދޫގެ ފޯރިގަދަ ޑްރާމާ މުބާރާތް މި މަހުގެ 26 ގައި

ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ޑްރާމާ މުބާރާތުގެ ފޯރިގަދަވެ، ބައިވެރިވާ ޓީމުތަކުން ޑްރާމާތައް އިޝްތިހާރު ކުރުމާއި ފޯރިގަދަ ޕްރެކްޓިސްތައް ކުރިއަށް އެބަދެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަޙީދު “ތިލަދުން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތަކީ މަކުނުދޫގެ މުއްސަނދި ތާރީޚާއި ސަގާފީ އާދަކާދަތައް އާންމުންނަށް ދައްކާލުމާއެކު، މުޅި މުޖުތަމަޢަށް ފައިދާކުރަނިވި މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ....

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ހޮނިހިރު ދުވަހުގެ މެޗުތައް ހޫނުވެ، ރީންދޫކާޑުތަކާއި ރަތްކާޑެއް

މަކުނުދޫ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އިއްޔެގެ މެޗުތައް ފޯރިގަދަވެ، ރީނދޫކާޑުތަކާއި، ރަތްކާޑެއް ދައްކަން ޖެހުނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ މެޗުތަކުން، އިއްޔެ  ރޯނު އެފްސީއާއި ދަގަތަ އެސްސީ ކުޅުނު މެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ހޫނު އަދި ފޯރިގަދަ މެޗެވެ. މި މެޗުގައި ގިނަ އަދަދަކަށް ރީނދޫ ކާޑު ދައްކާ، ރަތް ކާޑެއް ވެސް ދައްކާފައިވެއެވެ. މި މެޗު ރޯނު އެފްސީން ކާމިޔާބު ކުރީ 2-4 […]

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ދުވަހުގެ އެންމެ ވާދަވެރި މެޗުގައި ހޭޅި އަދި ދަގަތަ އެފްސީ

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ ބުރާސްފަތި ދުވަހުގެ މެޗުތަކުން އެންމެ ވާދަވެރި ވެގެން ދިޔައީ އަންހެން ޑިވިޜަންގެ ހޭޅި އަދި ދަގަތަ އެފްސީން ކުޅުނު މެޗެވެ. ރޭ ކުޅުނު މި  މެޗުގައި، ދެ ފަރާތުގެ ގޯލަށް ވެސް ހޫނު ހަމަލާތަކެއް އަމާޒުކޮއްފައިވެއެވެ. އަދި މިއީ ދުވަހުގެ އެންމެ ފޯރިގަދަ މެޗެވެ. މި މެޗު، ދަގަތަ އެފްސީން ކާމިޔާބު ކުރީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. 2-3ގެ ނަތީޖާއިން  ދަގަތައަށް ކުރި ލިބިފައިވާއިރު، މޮޅު […]

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ބުދަ ދުވަހުގެ މެޗުތަކުން ތަފާތު ބޮޑު މޮޅުތަކެއް

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ގެ އިތުރު ހަތަރު މެޗެއް އިއްޔެ ކުޅެފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޒައިޒީން 1-1 އިން އެއްވަރުވީ ނަމަވެސް، އިއްޔެ އިހްވާން ޖޫނިއާ އާ ދެކޮޅަށް ކުޅުނު މެޗު 1-8ގެ ބޮޑު ތަފާތަކުން ޒައިޒީން ވަނީ ކުރިހޯދާފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒައިޒީގެ ޖާޒީ ނަންބަރު 8 އާމިނަތު ޒާހިޔާއެވެ. މި މެޗުގައި ޒާހިޔާ ވަނީ ޒައިޒީއަށް 3 ގޯލު ކާމިޔާބުކޮއްދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. މީގެއިތުރުން އިއް...

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ފޯރިގަދަ 4 މެޗާއެކު މުބާރާތް ފަށައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ފަށައިފިއެވެ. ގިނަ ޓީމުތަކެއް ވާދަކުރާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޯނު އެފްސީ އަދި އިހްވާން އެފްސީ ބައްދަލު ކުރި އިރު، މި މެޗު، 1-11ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރޯނު އެފްސީއެވެ. މި މެޗުގައި އެ ޓީމުގެ ޒިދާން އަޙްމަދު […]

ފާތިމަތު ސަޙާ
މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ވިޔަފާރި މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި މި މައުރަޒަށް އާންމުންގެ ތަރުޚީބު ލިބިފައިވާކަމަށް އެ ރަށު އތމ ކޮމެޓީން މައުލޫމާތުދެއެވެ. މަކުނުދޫ އތމ ކޮމެޓީގެ ރައީސާ ޝަހްމާ އާދަމް “ތިލަދުން”އަށް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއް...

ފާތިމަތު ސަޙާ
މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި

ހދ. މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަން މި ގޮތަށް ނިންމާފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައްޔާއި، ސާފުކުރާ ގެވަޅުތަކުގައި، ކުނި އަންދަމުންދާތީ، އެކަން އާންމުންގެ އުނދަގުލަކަށްވެ، ޝަކުވާ ލިބެމުންދާތީއެވެ. އެހެންކަމުން، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކުނި އަންދާނަމަ، އުޞޫލުގެ މަތިން ފިޔަވަޅުއަޅައި، ޖޫރިމަނާ ކުރެވޭނެކަމަށް ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މަ...

ފާތިމަތު ސަޙާ
ޖޫނިއާ އިލެކްޓްރީޝަނުންނާއި ބޭކަރުން: މަކުނުދޫ ދަރިވަރުންނަށް ފަންނީ ހުނަރުގެ މުޙިއްމު ޕްރޮގްރާމްތަކެއް 📍 ހދ. މަކުނުދޫ

ޖޫނިއާ އިލެކްޓްރީޝަނުންނާއި ބޭކަރުން: މަކުނުދޫ ދަރިވަރުންނަށް ފަންނީ ހުނަރުގެ މުޙިއްމު ޕްރޮގްރާމްތަކެއް

ހދ. މަކުނުދޫ ސްކޫލްގެ ދަރިވަރުން ދިރިއުޅުމުގެ ޢަމަލީ މައިދާނުގެ ކަންކަން އުނގެނި ދަސްކޮށްދިނުމަށް ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މުޙިއްމު ޕްރޮގްރާމްތަކެއް ފަށައިގެން ކުރިއަށް އެބަދެއެވެ. މިއީ އެ ސްކޫލްގެ “ލައިފް އެންޑް ސޯޝަލް ސްކިލްސް ޕްރޮގްރާމް”ގެ ދަށުން އެ ސްކޫލްގެ ގްރޭޑް 7 ން 9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްގެ މެންޓަރ އަދި މަކުނުދޫ ސްކޫލްގެ ލީޑިންޓީޗަރ ނަޒްލާ ޢަބްދުލް ޢަލީމް “ތިލަދުން”އަށް ވިދާޅުވި ގޮތުގައި، އެ ސްކޫލްގެ ޝިޔާރަކީ  […]

ފާތިމަތު ސަޙާ
ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްޞަ ސެޝަނެއް މަކުނުދޫ ބެލެނިވެރިންނަށް ބާއްވަނީ 📍 ހދ. މަކުނުދޫ

ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްޞަ ސެޝަނެއް މަކުނުދޫ ބެލެނިވެރިންނަށް ބާއްވަނީ

ހދ.މަކުނުދޫ ބެލެނިވެރިންނަށް ޢަމާޒުކޮއްގެން، ދަރިން ތަރުބިއްޔަތުކުރުމުގެ ޚާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ. މަކުނުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(އތމ) ގުޅިގެން ކުރިއަށް ގެންދާ މި ސެޝަނަކީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް އަޙުލުވެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ ސެޝަނެކެވެ. މި ސެޝަންގެ މުދައްރިބް، އައްޝައިޙް އަޙްމަދު ރިފްޢަތު “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ، އިސްލާމީ ތަރުބިއްޔަތުގެ މުޙިއ...

ފާތިމަތު ސަޙާ
މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފި

ހދ.މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ގުރުއަތުލުމުގެ ހަރަކާތް ބާއްވައިފިއެވެ. އެ ރަށު ކާނިމާލަމުގައި ބޭއްވި މި ހަރަކާތުގައި، މުބާރާތުގައި ބައިވެރިވާ 12 ޓީމުގެ މެދުގައި ގުރުއަތުލައިފައިވެއެވެ. އެ ގޮތުން 15 ސެޕްޓެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ ދުވަހު ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދުވަހުގެ ހަވީރު ރޯނު އަދި އިހްވާންގެ މެޗަށް ފަހު އެރޭ ކުޅުމަށް ހަމަޖެހިފައިވަނީ އިހްވާން ޖޫނިއާސް އާއި އިހްވާން އެސްސީއެވެ. އޭގެ އިތުރުން ވެސް […]

ފާތިމަތު ސަޙާ
މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަނީ

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ. އެ ކޮމެޓީގެ ރައީސާ، ޝަހުމާ އާދަމް، “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރަށަށް ހުޅުވާލައިފައިވާކަމަށް ވެސް ޝަހުމާ ވ...

ފާތިމަތު ސަޙާ