މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
އުތުރުގެ ދަނޑުވެރިންނަށް ދިމާވާ މައްސަލައަކީ މާކެޓްނެތުން: ކުމުންދޫ ކައުންސިލްގެ ރައީސް 📍 ހދ. ކުމުންދޫ

އުތުރުގެ ދަނޑުވެރިންނަށް ދިމާވާ މައްސަލައަކީ މާކެޓްނެތުން: ކުމުންދޫ ކައުންސިލްގެ ރައީސް

މިވަގުތު އުތުރުގެ ރަށްތަކުގެ ދަނޑުވެރިން ނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މާކެޓް ނެތުން ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް ކުރި ޓުވީޓެއްގައި ބުނެފިއެވެ. ކުމުންދޫ ކައުންސިލުގެ ރައީސް މިހެން ބުނެފައިވަނީ އިއްޔެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަސްރޫޢެއް ފަށަން ތައްޔަރުވެފައިވާ ކަމަށް މިނިސްޓަރ ޒަހާ ވަހީދު އިޢުލާން ކޮށްފައިވަނިކޮށެވެ. ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދ...

ފާތިމަތު ސިނާޒާ
އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ކުމުންދޫ އަލީ ގާސިމް 📍 ހދ. ކުމުންދޫ

އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ކުމުންދޫ އަލީ ގާސިމް

އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ކުމުންދޫ އަލީ ގާސިމް އައްޔަން ކުރައްވައިފިއެވެ. އަލީ ގާސިމްއަށް ވަޒީފާގެ ލިއުން މިއަދު ހަވާލުކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ވަޒީފާއަށް ނިކުންނާނެކަމަށް ތިލަދުންއަށް މަޢުލޫމާތު ލިބިފައިވެއެވެ. މިމަގާމް އަލީ ގާސިމް އަށް ހަމަޖެހިފައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައިކަމަށް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. ކުމުންދޫ އަލީ ގާސިމް އަކީ 2014 ވަނަ އަހަރު މަކުނުދޫ ދާއިރާއަށް ވާދަކުރައްވާފައިވާ ފަރާތެކެވެ. އަނާރާ ނައީމް އާއި ވާދަކުރައ...

ހުސައިން ހަބީބް

ވޮލީ މުބާރާތް: ކުޅުދުއްފުށިން ކުމުންދޫގެ މައްޗަށް ކުރިހޯދައިފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުމުންދޫ ސްޕޯރޓްސް ކްލަބާއި ޓީމު ކުޅުދުއްފުށި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ކުޅުދުއްފުށި އިއްޔެގެ މެޗު ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 15-25 އިންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 16-25 އިންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ. އިއްޔެގެ މެޗްގައި […]

ޔުމްނާ ޢަލީ
📍 ހދ. ކުމުންދޫ

ކުމުންދޫގައި ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަނީ

ހދ. ކުމުންދޫގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް، ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ މި ބުރު ބޭއްވުމަށް ނިންމާފައިވަނީ، އެކަމަށް އެދި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ހދ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުކަމަށެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު މި ދުއްވުމުގެ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މުޅިން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް...

Thiladhun
ގޯލްޑެން ފުޓްސެލް ޗެލެންޖް 2019: ނައިވާދޫ މޮޅުވި އިރު ނޮޅިވަރަންފަރު އަދި ކުމުންދޫ އެއްވަރު. 📍 ހދ. ނައިވާދޫ

ގޯލްޑެން ފުޓްސެލް ޗެލެންޖް 2019: ނައިވާދޫ މޮޅުވި އިރު ނޮޅިވަރަންފަރު އަދި ކުމުންދޫ އެއްވަރު.

ގޯލްޑެން ފުޓްސެލް ޗެލެލެންޖް 2019 ގައި ހދ އަތޮޅުގެ ގުރޫޕް އެކެއްގައި ރޭ ވަނީ ދެމެޗް ކުޅެފައެވެ. ފުރަތަމަ މެޗްގައި ނައިވާދޫ އާއި ނޭކުރަންދޫ ބައްދަލުކުރި އިރު މި ގުރޫޕްގެ ދެވަނަ މެޗްގައި ބައްދަލު ކުރީ ނޮޅިވަރަންފަރު އަދި ކުމުންދޫއެވެ. ފުރަތަމަ މެޗްގައި ނޭކުރަންދޫގެ މަށްޗަށް ނައިވާދޫ ކުރި ހޯދިއިރު ދެވަނަ މެޗް ނިމުނީ ދެ ޓީމް އެއްވަރު ވެގެންނެވެ. ނައިވާދޫ އިން ނޭކުރަންދޫއާއި ބައްދަލުކޮށް މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު […]

އަޙްމަދު އަސްފާން
ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި 📍 ހދ. ކުމުންދޫ

ކުމުންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ. ކުމުންދޫ ކައުންސިލް ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު މި ޖަނަރޭޓަރު ކުމުންދުއަށް ގެންގޮސްފައިވާ ކަމަށެވެ. ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ދިނުމަށް މިހާރު އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށް މަޢުލޫމާތުލިބެއެވެ. އަމީން ކު...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ވައިކަރަދޫ

އާރުއޯ ފެން ޕްލާންޓުތައް ކުމުންދުއަށާއި ވައިކަރަދުއަށް ގެންގޮސްފި

ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު
އިންޖީނުތަކަށް މައްސަލަދިމާވެ، ކުމުންދޫއިން ކަރަންޓު ކެނޑިއްޖެ 📍 ހދ. ކުމުންދޫ

އިންޖީނުތަކަށް މައްސަލަދިމާވެ، ކުމުންދޫއިން ކަރަންޓު ކެނޑިއްޖެ

ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނުތަކަށް މައްސަލަ ދިމާވެ، ހދ. ކުމުންދޫގެ އެކި ހިސާބުތަކުން މިރޭ ކަރަންޓު ކަނޑާލާފާއިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލް ގެ ރައީސް އަމީން ވިދާޅުވީ މިހާރުވެސް ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާކަމަށެވެ. އެރަށުގައި ކަރަންޓް ދިނުމަށް ޖުމްލަ 3 ޖަނަރޭޓަރު ބޭނުން ކުރާކަމަށާއި ނަމަވެސް މިހާރު ރަނިން ކޮންޑީޝަންގައި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށް މަޢުލޫމާތުދެއްވިއެވެ. އެހެންކަމުން ރަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވޭވަރުގެ ކެޕޭސި...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ކުމުންދޫ

ކުމުންދޫ ފުޓްސަލް ދަނޑު ނިންމައިދޭނެ ބަޔަކު ހޯދަނީ

ސަރުކާރުން، ހދ. ކުމުންދޫގައި އަޅަން ފެށި ފުޓްސަލް ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށުގައި ތަރައްޤީކުރަން ފަށާފައިވާ ފުޓްސަލް ދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ނިންމަން އެކައުންސިލާ ހަވާލުކޮށްފައިވާތީ، އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރ...

Thiladhun
ކުމުންދޫއިން ގޯތި ހޯދަން އެދުނު މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތް އާއްމުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫއިން ގޯތި ހޯދަން އެދުނު މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތް އާއްމުކޮށްފި

ހދ. ކުމުންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު މިއަދު އާއްމުކޮށްފައިވާއިރު މިއަދު ވަނީ މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަންވެސް ހުށަހެޅުމަށް އެދިފައެވެ. ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕޮއިންޓް ދީފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްކަމުގައިވާނަމަ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު...

Thiladhun
ވޯޓަކަށް ނުގޮސް ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރުން އިންތިޚާބުވެއްޖެ 📍 ހދ. ކުމުންދޫ

ވޯޓަކަށް ނުގޮސް ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރުން އިންތިޚާބުވެއްޖެ

ހދ. ކުމުންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލީ މެންބަރުންގެ މައުލޫމާތު އާއްމުކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު މި މައުލޫމާތު އާއްމުކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ ގޮތުގައެވެ. އެހެންނަމަވެސް، ކޮމިޓީ އަށް ކުރިމަތިލައިފައިވާ މީހުންގެ އަދަދަކީ ކޮމިޓީގައި ތިބެންޖެހޭ މެންބަރުންގެ އަދަދުކަމުން، ވޯޓުލުމަކަށް ގޮސްފައި ނުވެއެވެ. ކުމުންދޫ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުވެފައިވާ މެންބަރުންނަކީ: ޞާބިރާ މޫސާ ސަލްމ...

Thiladhun
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް […]

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫގައި އައިސްޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ހދ.ކުމުންދޫ ބަނދަރުގެ ދެކުނު ފަރާތުގައި އައިސް ޕްލާންޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން ކުރި މި އިއުލާނުގައި ބުނެފައިވަނީ އައިސްޕްލާންޓެއް އެޅުމަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 60 ލާރި ކަމަށް ކައުންސިލުން ބުނެއެވެ. އިއުލާނުގައި ބުނެފައި ވަނީ އައިސްޕްލާންޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 11:00 ގެ ކުރިން […]

އަފްރާހް އަބްދުލް ރަޝީދު
ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި

ކުމުންދޫ ގެއަކުން ސިޙުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ފުލުހުން ހޯދައިފި އެވެ. ފުލުހުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައި ކުމުންދޫ ގެއެއް ބަލައި ފާސްކުރި އިރު ސިޙުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ލިޔުން ތަކެއް ފެނިފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން މީހަކު ޙައްޔަރުކޮށްފައިނުވާއިރު، ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިމައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ތިލަދުންއަށް މަޢުލޫމާތު ދީފައެވެ. ކުމުންދޫއިން ވާހަކަ ދެއްވިމީހަކު...

ޝިއުނާ އާދަމް
ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު! 📍 ހދ. ކުމުންދޫ

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ މައްސަލައަށް ވަޒީރަށް ޖަވާބެއް ނުދެވުނު!

ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާއާއި ބެހޭގޮތުން މަޖިލިސްގައި ކުރެވުނު ސުވާލަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ޖަވާބެއް ނުދެވުނެވެ. މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި މިނިސްޓަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ދެންނެވި ކަމަށާއި މި ދެ މަސްރޫޢުގެ މަސައްކަތް ފެށޭނީ ކޮންއިރަކު ތޯ ޕްލޭނިން...

އަބްދުﷲ ޝަފީޢު