މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުމުންދޫ ސްޕޯރޓްސް ކްލަބާއި ޓީމު ކުޅުދުއްފުށި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ކުޅުދުއްފުށި އިއްޔެގެ މެޗު ކާމިޔާބު ކޮށްފިއެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 15-25 އިންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 16-25 އިންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ.
އިއްޔެގެ މެޗްގައި ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ޓީމު ކުޅުދުއްފުށީގެ ޖާރޒީ ނަމްބަރު 11، ސައްފައެވެ.
ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެއަންހެން ޑިވިޜަނުގެ ފުރަތަމަ ގުރޫޕުގައި ހިމެނެނީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، އަދި ޓީމް ކުޅުދުއްފުއްޓެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!