މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފިއެވެ. ޓީމް ކުޅުދުއްފުށި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަންފަރު ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވ...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލް އިނާމްދިނުމުގެ ޖަލްސާ ބާއްވައިފި

ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލް ހޯލުގައި އޮތް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދެވެ. މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުގެ މަތީ ސަނާވީ ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ މުހައްމަދު އަހުމަދު އެވެ. އޭނާ ވަނީ މަތީ ސާނަވީ އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގެ 8 ވަނާގައިވެސް ހިމެނިފަ […]

އަފްރާހް އަބްދުލް ރަޝީދު
އެއްޗެއް ނުހެރޭ ކަމަށް ބުނެ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ޒުވާނާގެ އަތުން ނެގީ އިލޮށިކޮޅެއް! 📍 ހދ. ކުޅުދުއްފުށި

އެއްޗެއް ނުހެރޭ ކަމަށް ބުނެ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވާލި ޒުވާނާގެ އަތުން ނެގީ އިލޮށިކޮޅެއް!

ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ ގެ ރަށްތަކުން ކޮންމެ ދުވަހަކު އެތައް ސަތޭކަ ރައްޔިތުންގެ ހިދުމަތް ހޯދާ ތަނެކެވެ. މާލެ ފިޔަފައި އެންމެ ގިނަ ރައްޔިތުންގެ ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ. ކަން މިހެން އޮތްއިރު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދައްކަމުގެ ވާހަކައާއި ދޯދިޔާކަމުގެ ވާހަކަ ދައްކާ ދައްކާ ކޮޅަކު ނުޖެހުނެވެ. ކުޅުދުއްފުށި ހޮސްޕިޓަލުގެ ފެންވަރު ދައްކަމުގެ ވާހަކަ ދައްކަން ފެށީ އިއްޔެއަކު ނޫނެވެ. […]

އަފްރާހް އަބްދުލް ރަޝީދު
ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް 📍 ހދ. ކުޅުދުއްފުށި

ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ދެވަނަ ޖާގަ ޓީމު ހަނިމާދޫގެމައްޗަށް 4-1 ސެޓުން ކުރި ހޯދައި ޓީމު ކުޅުދުއްފުށި ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރީ ޓީމު ހަނިމާދޫއެވެ. ނަމަވެސް ބާކީ ތިންސެޓު ވާދަވެރި ކުޅުމަކަށްފަހު ތަފާތު ބޮޑުނޫން ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ކުޅުދުއްފުއްޓެވެ. ދެވަނަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 26-24 ޕޮއިން...

ޔުމްނާ ޢަލީ
ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި 📍 ހދ. ކުޅުދުއްފުށި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. ޔާސިރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރުން އޮތީ ރޭ ހދ އޭއީސީ ގައެވެ. މިބައްދަލުކުރެއްވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަދި ގިނައަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެ. މިބައްދަލުވުމުގައި ޔާސިރުގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުޝަތުވަނީ ހުޅުވާލާފައެވެ. އަދި ބައްދަލުވުން...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓަށް ސޭންޕޫ ފުޅީގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފި

12 ބުލެޓް މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަން ދަތުރުކުރަމުންދާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވަތަކެތި އެތެރެކުރަންއު...

ހުސައިން ހަބީބް
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ވޯޑުތައް އޭސީ ކުރަން ބަޔަކާ ހަވާލުކޮށްފި

އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑުތަކުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކުރުމަށް، ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑްތަކުގައި މެޑިކަލް ގްރޭޑްގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ އެއްބަސްވުމުގައި...

Thiladhun
ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި

ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫގައި، ސްކައުޓުން ބައިނަލްއަޤުވާމީ ސުލްހައިގެ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްތާގެ ތެރޭގައި ސުލްހައިގެ ދުވަސް ފާހަގަކުރުމަށް، މުޖުތަމަޢަށް ފައިދާހުރި ބައެއް ހަރަކާތްތައް، މި ސްކޫލުތަކުގެ ސްކައުޓުންވަނީ ހިންގާފައެވެ. އެގޮތުން، މި ހަފްތާގެ ހޯމަ ދުވަހު، ޖަލާލުއްދީން ސްކޫލުގެ، 12 ވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ކުޅުދުއްފުށީ އެއަރޕޯޓު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޖުމުލަ 49 ފަރާތުން ބައިވެރިވެފައިވާއިރު، 120...

Thiladhun
ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށި ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:15 އެހާކަންހާއިރު ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ އޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު އެގޭގައި ފާހާނައެއް ގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓު ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވިދާޅުވީ ކަރަންޓު ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ކޭބަލްތަކަކީ އޭނ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ފިނޭ

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ. ފިނޭންސް މިނިސް...

އަފްރާހް އަބްދުލް ރަޝީދު

ވޮލީ މުބާރާތް: ކުޅުދުއްފުށިން ކުމުންދޫގެ މައްޗަށް ކުރިހޯދައިފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި އިއްޔެ ހަވީރު ކުމުންދޫ ސްޕޯރޓްސް ކްލަބާއި ޓީމު ކުޅުދުއްފުށި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ޓީމު ކުޅުދުއްފުށި އިއްޔެގެ މެޗު ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 15-25 އިންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 16-25 އިންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ. އިއްޔެގެ މެޗްގައި […]

ޔުމްނާ ޢަލީ
މޫސުމާ ބެހޭ ބޮޑު ހަޅުތާލު ކުޅުދުއްފުށީގައިވެސް ކުރިއަށްދަނީ 📍 ހދ. ކުޅުދުއްފުށި

މޫސުމާ ބެހޭ ބޮޑު ހަޅުތާލު ކުޅުދުއްފުށީގައިވެސް ކުރިއަށްދަނީ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ސަރުކާރުތަކަށް ގޮވާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ގްލޯބަލް ކްލައިމެޓް ސްޓްރައިކް ކުޅުދުއްފުށީގައިވެސް ފަށައިފި އެވެ KF youth is calling for #climateactionnow We are demanding people in power to prioritize climate change adaption n mitigation! This can be achieved by protecting natural assets which are our protectors n defenders from climate impacts! #climatestrikemv #savekulhudhuffushikulhi pic.twitter.com/9kSw6IxQGJ […]

އިބްރާހިމް އަސްވާޤް
އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާ 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އިބާ

ހދ. ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުންގެ އަހަރީ އިނާމު ދޮނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ. އެސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި، 2018 ވަނަ އަހަރު އެސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބިފައިވަނީ އައިމިނަތު އިބާ އާދަމް އަށެވެ. އެސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި އިބާ ވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުގެ މުޅި ރާއްޖެއިން ހަތަރުވަނަ ހޯދާފައެވެ. އެގޮތުން އޭނާވަނީ ފަސް މާއްދާއަކުން އޭ ސްޓަރ ފާސް ހޯދާ، ތިން މާއްދާއަކުން އޭ ފާސް […]

Thiladhun
📍 ހދ. ކުޅުދުއްފުށި

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ފަސޭހަ ކަމާއިއެކު ނެއްލައިދޫއިން ކުޅުދުއްފުށި ބަލިކޮށްފި

މިމަހުގެ ފަނަރަވަނަ ދުވަހު ފަށައިގެން މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖް 2019 ގެ ހދ އަތޮޅުގެ ގުރޫޕް 2 ގައި މިރޭ ކުޅުނު މެޗުން ކުޅުދުއްފުށީގެ މަށްޗަށް ނެއްލައިދޫއިން ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ. ނެއްލައިދޫއިން މިމެޗް ކާމިޔާބުކޮށްފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީވެސް ނެއްލައިދޫއިންނެވެ. މި ގޯލް ނެއްލައިދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިޝާމެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޅުދުއްފުށީ ޓީމްގެ އަރުޝަދު […]

އަޙްމަދު އަސްފާން
އަންނަ އަހަރު އަމީރު އަމީން ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

އަންނަ އަހަރު އަމީރު އަމީން ސްކޫލަށް ކުދިން ވައްދަން ހުޅުވާލައިފި

ކުޅުދުއްފުށީ ކައުންސިލުން ހިންގާ ނާސަރީ ސްކޫލް، އަމީރު އަމީން ސްކޫލުގެ ބޭބީ ނާސަރީއަށާއި ނާސަރީއަށް އަންނަ އަހަރު ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާ، މިއަދު ސްކޫލުން އެކަން އިއުލާން ކޮށްފައިވާއިރު، 2020 ވަނަ އަހަރު ބޭބީ ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް ވެއްދުމަށް ޝަރުތު ހަމަވަނީ 31 މާރިޗު 2020 އަށް ތިން އަހަރު ފުރި، […]

Thiladhun