އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑުތަކުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކުރުމަށް، ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

Ad
rt

ކުޅުދުއްފުށީ ހޮސްޕިޓަލުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ސިސްޓަމް ހަރުކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ އެހެން ތިން ރީޖަނަލް ހޮސްޕިޓަލެއްގެ ވޯޑުތައް އެއަރކޮންޑިޝަން ކުރުމަށްވެސް، ހެލްތު މިނިސްޓްރީން ވަނީ ކުންފުނިތަކަކާ ހަވާލުކޮށްފައެވެ. އެއީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

މީގެއިތުރުން، ހދ. ނައިވާދޫ ސިއްހީ މަރުކަޒުގެ ޕޯޓިކޯ ހެދުމަށާއި އެހެން މަރާމާތުތައް ކުރުމަށްވެސް މިއަދުވަނީ ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.