12 ބުލެޓް މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި
މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

Ad
rt

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަން ދަތުރުކުރަމުންދާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވަތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންނަން ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 06:41 އެހާކަންހާއިރު، ހިންގި އޮޕަރޭޝަނުގައެވެ. މިއޮޕަރޭޝަންގައި ކުޅުދުއްފުށީ މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ޝޭންޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއްހުރި 12 ބުލެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް
ހޯމްއެފެޣާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.