މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ދެވަނަ ޖާގަ ޓީމު ހަނިމާދޫގެމައްޗަށް 4-1 ސެޓުން ކުރި ހޯދައި ޓީމު ކުޅުދުއްފުށި ކަށަވަރުކޮށްފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރީ ޓީމު ހަނިމާދޫއެވެ. ނަމަވެސް ބާކީ ތިންސެޓު ވާދަވެރި ކުޅުމަކަށްފަހު ތަފާތު ބޮޑުނޫން ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ކުޅުދުއްފުއްޓެވެ. ދެވަނަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 26-24 ޕޮއިންޓުންނެވެ. ތިންވަނަ ސެޓް ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ. ހަތަރުވަނަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 25-23 ޕޮއިންޓުންނެވެ.

Ad
rt

ސެމީފައިނަލު ދެވަނަ މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވުނީ ޓީމު ކުޅުދުއްފުށީގެ ޖާރޒީ ނަމްބަރު 12، އައިޝަތު ޝައްފައެވެ.
ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެއަންހެން ޑިވިޝަންގެ ފައިނަލު މެޗު އޮންނާނީ އަންނަ އާދީއްތަ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. ފައިނަލު މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލު މެޗްތައް ކާމިޔާބު ކުރި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި ޓީމު ކުޅުދުއްފުއްޓެވެ.