ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޖަލާލުއްދީން ސްކޫލް ހޯލުގައި އޮތް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދެވެ.
މި ޖަލްސާގައި މިދިޔަ އަހަރު އެ ސްކޫލުގެ މަތީ ސަނާވީ ގްރޭޑްތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ މުހައްމަދު އަހުމަދު އެވެ. އޭނާ ވަނީ މަތީ ސާނަވީ އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގެ 8 ވަނާގައިވެސް ހިމެނިފަ އެވެ.
މަތީ ސާނަވީ އިމްތިހާނުން ސްކޫލުން އެންމެ މޮޅު ދަރިވަރުން:
- މުހައްމަދު އަހުމަދު
- ހުމައިދު ހަސަން
- އިހާދާ އަހުމަދު
- ރުހުސަތު އަހުމަދު
- ހަނީފާ އަބުދުﷲ
ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދީ ނައުފާ ހުސެއިން އެވެ.
ސާނަވީ އިމްތިހާނުން ސްކޫލުން އެންމެ މޮޅު ތިން ދަރިވަރު:
- އެއްވަނަ: ނައުފާ ހުސެއިން
- ދެވަނަ: އައިމިނަތު މޫސާ
- ތިންވަނަ: ފައްވާޒު އަބުދުލް ބާރީ
ބީޓެކް ސްޓްރީމުން ޑިސްޓިންގްޝަން އެވޯޑް ވަނީ ދެ ދަރިވަރު ހޯދާފަ އެވެ. އެގޮތުން ޑިސްޓިންގްޝަން ޕިއަރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް ޓޫ ޑިޕޮލޮމާ އިން ސްޕޯޓްސް ހޯދީ އަފްލާހް ހަސަނެވެ. ޝައިލާ އަބޫބަކުރު ހޯދީ ޑިސްޓިންގްޝަން ޕިއަރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް ޓޫ އިން ހޮސްޕިޓާލިޓީ އެވެ.
ތަފާތު އެކި މުބާރާތްތަކުގައި ބައިވެރިވެ ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެެ.
މިރަސްމިއްޔާތުގައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަނާއި ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަބުދުﷲ ސޯދިގު އާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.
މިރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލާއި މުވައްޒަފުން އަދި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!