މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް

އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް

ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […]

ޔުމްނާ ޢަލީ
ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ

ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]

ޔުމްނާ ޢަލީ
ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް 📍 ހއ. ހޯރަފުށި

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް

ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރ...

ޔުމްނާ ޢަލީ
ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި 📍 ހއ. އުތީމު

ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި

ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ނިލާމާ ރަޝީދު 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ނިލާމާ ރަޝީދު

ހއ.ދިއްދޫ ޗޭނު ޖަމިއްޔާގެ ފާރާތުން އެ ރަށުގައި ހިންގަމުން އަންނަ ޤުރުއާން ކުލާހުގައި ކިޔަވަން ފެށި ހިސާބުން ޤުރުއާން އުނގެނި ދަސްކުރުމަށް ހިތުގައި ބޮޑު ޝައުގެއް އުފެދުނު އެ ރަށު އޭޝިއާ، ނިލާމާ ރަޝީދަކީ ދަރިންނަށް ވެސް ޤުރުއާން ކިޔަވައި ދިނުމަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފަރާތެކެވެ. ނިލާމާ މި މުބާރާތުގައި ބައިވެރިވި އެންމެ ބޮޑު މަގުސަދަކީ ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމެވެ. ފާއިތުވި ތަނުގައި އޭނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ފައިނަލުގައި އެއާޕޯޓާއި ޕޮލިސް 📍 ހއ. ހޯރަފުށި

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ފައިނަލުގައި އެއާޕޯޓާއި ޕޮލިސް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ފައިނަލުން ހޯރަފުށީ އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން އެއާޕޯޓުން ޖާގަ ހޯދީ ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން، އެއްމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހޯރަފުށީ ޕޮލިސް ޓީމް ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުން […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔޫލީ މުހައްމަދު ލަތީފް 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔޫލީ މުހައްމަދު ލަތީފް

ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައ...

އިބްރާހިމް ޚަލީލް
އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައި ހިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައި ހިދުމަތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކްގެ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ޓްރެކް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭ ޓްރެކް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ އެ ރަށަކީ ވަރަށް ގިނަ ހަރު އުމުރުފުރާގެ މީހުންނާއި ދެ ޖިންސްގެ ޒުވާނުން އެއްގަމު އުޅަނދު ދުއްވާ ރަށެއް ކަމަށާއި، ވުމާއިއެކު އެ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު ޝިޢުރާ 📍 ހއ. ދިއްދޫ

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އައިމިނަތު ޝިޢުރާ

ހއ.ދިއްދޫ، ޝެހެނާވިލާ އައިމިނަތު ޝިޢުރާ އިބްރާހީމްއަކީ އެންމެ ކުޑައިރުއްސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރަމުން އައި ކުއްޖެކެވެ. މުބާރާތްތަކުގައި ވާދަކޮށް ލިބެންފެށި ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމުގެ ޝައުގު އޭނާގެ ހިތުގައި ވަނީ އިތުރުވެގެން ގޮސްފައެވެ. ޝިޢުރާ މި މުބާރާތާއި ކުރިމަތިލާއިރު، ރަނގަޅު ވަނައެއް ހޯދައި އޭނާ އުފަން ރަށަށް ރީތި ނަން ހޯދައިދިނުމަކީ މުބާރާތުގައި ވާދަކުރުމުގެ އެއް މަގުސަދެވެ. ޝިޢުރާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި ގިނަ މުބާރާތްތަކުން ފާހަ...

އިބްރާހިމް ޚަލީލް
ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހީވެސްނުވޭއަށް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހީވެސްނުވޭއަށް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހީވެސްނުވޭ ހޯދައިފިއެވެ. އަންގާަރަ ދުވަހުގެ ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހީވެސްނުވޭއާއި ފަތޯ އެކަޑަމީއެވެ. މި މެޗު 16 ލަނޑު 13 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ހީވެސްނުވޭއިންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން ފާތިމަތު ޖުނާ / ޓީމް ހީވެސްނުވޭ ފިރުޝާނާ ނަސީރު / ޓީމް ހީވެސްނުވޭ އާމިނަތު ރިޝްތާ […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ރޭ ހޯރަފުށީ ކްލަބް ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާފައިވާއިރު، ރޭ މުބާރާތު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯރަފުށީ އެއާޕޯޓާއި ޓީމް ފެނަކައެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެއާޕޯޓުންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެއާޕޯޓް ޓީމަށް ޖަހައިދިނީ އަލީ ރިއްފަތެވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ނީޝާން 📍 ހއ. ދިއްދޫ

ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ނީޝާން

ކުޑައިރުއްސުރެ ކީރިތި ޤުރުއާން ކިޔަވައި ޤުރުއާން އަޑުއެހުމަށް ޝައުގުވެރިކަން އުފެދި، ޤުރުއާން ހިތުދަސްކުރަން ފެށި ހއ. ދިއްދޫ، އައިވީ ޢާއިޝަތު ނީޝާން އާދަމް ނާފިޒު އަކީ އެ އަތޮޅު ކެލާގައި ހުންނަ ޝައިޚް އިބްރާހީމް ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ނީޝާންއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ވަރަށް ލޯބިކުރަމުން އަންނަ ކުއްޖެކެވެ. މުބާރާތުގެ އެއްވަނައަށް އަޒުމްކޮށް މި މުބާރާތުގައި ބައިވެރިވާން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ޤުރުއާން ކިޔަވައި، އަދި […]

އިބްރާހިމް ޚަލީލް
ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް މާދަމާ ރޭ ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް މާދަމާ ރޭ ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާނެއެވެ. މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ. ހޯރަފުށީ ކުލަބް ފުޓްބޯލް ސްޓޭޑިއަމް މާދަމާ ރޭ 20:30 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިއްދޫގައި ކޮމްޕިއުޓަރ ކުލާހެއް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިއްދޫގައި ކޮމްޕިއުޓަރ ކުލާހެއް

ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށް ގެންދާ ކޮމްޕިއުޓަރ ކުލާހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ކުލާހަކީ ދިއްދޫ، ދި-ފައުންޑޭޝަންއާއި ޓީއެސްއޭ އައިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ކުލާހެކެވެ. މި ކުލާހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކުލާހުގެ ބައިވެރިންގެ ފީ ހަމަޖައްސައިދެނީ ދި ފައުންޑޭޝަންގެ ފަރާތުންނެވެ. ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއ...

އިބްރާހިމް ޚަލީލް
ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި 📍 ހއ. ފިއްލަދޫ

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

ޔުމްނާ ޢަލީ