މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
📍 ހއ. ހޯރަފުށި

ހޯރަފުށީގައި އަޅާ ހޮސްޕިޓަލްގެ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމަށް އެމްޓީސީސީއަށް

ހއ. ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ހޯރަފުށީގެ ސިއްހީ މަރުކަޒު...

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށި ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް އިންޑިއާގެ ސަފީރާ ހިއްސާކުރައްވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި ދާއިރާގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް އިންޑިއާގެ ސަފީރާ ހިއްސާކުރައްވައިފި

ހޯރަފުށި ދާއިރާގައި ހިމެނޭ ރަށްތަކުގައި ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އިންޑިއާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ހިއްސާކުރައްވައިފިއެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދާއިރާގެ ރަށްތައް ކަމަށްވާ ހޯރަފުށި، އުލިގަމު އަދި ތުރާކުނުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރެވުނު ކަމަށެވެ. ހޯރަފުށީގައި މިވަގުތު ހިނގާ އެންމެ ބޮޑު މަޝް...

އަފްރާހް އަބްދުލް ރަޝީދު
📍 ހއ. ހޯރަފުށި

ސަލީމްއާއި ހޯރަފުށީ ކައުންސިލުން ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ހޯރަފުށި ދާއިރާގައި ގެދޮރުގެ އިމާރާތް ކުރުމަށް ރޭވެމުންދާ މަޝްރޫއުތައް އަވަސްކޮށްދެއްވުމަށް އެދި ހައުސިން މިނިސްޓަރު އާތިފާ އަލީގެ އަރިހުގައި ދަންނަވައިފިއެވެ. މިއަދު ހައުސިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމްއާއި ހޯރަފުށީ ކައުންސިލުން ބައިވެރިވެފައިވެއެވެ. ހޯރަފުށި ދާއިރަގެ މެމްބަރު އަހުމަދު ސަލީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގައި ގެދޮރު އިމާރާތް ކުރުމަށް ރޭވެމުންދާ މަސައްކަތްތަށް އަވަސްކޮށްދެއްވުމަށް މިނިސްޓަރު އާތ...

އަފްރާހް އަބްދުލް ރަޝީދު
ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހޯރަފުށި ދަރިވަރަކަށް 📍 ހއ. ހޯރަފުށި

ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހޯރަފުށި ދަރިވަރަކަށް

ގައުމީ ގުރްއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އެއްވަނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް އަފާފް މުހައްމަދު ހޯދައިފިއެވެ. 33 ވަނަ ގައުމީ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ހަލްފާގައި އަފާފްއާ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަފާފްއަށް މަރުހަބާ ވިދާޅުވި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލައިގެން ކިޔެވުމުގެ ބައިން ސްކޫލުތަކުން އަފާފް އެއްވަނަ ހޯދުމަކީ ހޯރަފުއްޓަށާއި އަ...

އަފްރާހް އަބްދުލް ރަޝީދު
ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް 📍 ހއ. ހޯރަފުށި

ތަރައްގީއަކީ ސަރުކާރަކުން ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ސަލީމް

ތަރައްގީއަކީ ސަރުކާރަކުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރަށުގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ސަލީމް ވިދާޅުވީ ތަރައްގީގެ ޕްލޭން އަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔ...

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި ލަފާ ހޯދަން ވޯކްޝޮޕްއެއް މާލޭގައި ފަށައިފި އެވެ. ހއ. ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ރައްޔިތުންގެ ލަފާ ހޯދުމާއި، ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ފަށާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައެވެ.  މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާރކްޝޮޕެކެވެ. މިއީ ހޯރަފުށި ކައުންސިލުން ކުރިއަށް ގެންދާ ވޯކްޝޮޕްއެކެވެ. ކައުންސިލްގެ މިނިންމުމާއި މަސައްކަތައް ހޯރަފުށީ ދާއިރާގެ މެންބަރ އަޙްމ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ހޮސްޕިޓަލެއް އަޅަން އެކަށޭނެ ފަސް ބިމެއް ދައްކައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅަން އެކަށޭނެ ފަސް ބިމެއް ދައްކައިފި

ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ ހޮސްޕިޓަލަށް އެކަށޭނެ ބިމުގެ ގޮތުގައި ފަސް ބިމެއް، އެރަށު ކައުންސިލުން ސަރުކާރަށް ދައްކައިފިއެވެ. ހޯރަފުށީ ކައުންސިލުން، އެރަށުގެ ފަސް ސަރަޙައްދެއްގެ ބިން ފާހަގަކުރުމަށްފަހު، އެތަންތަން ވަނީ މިނިސްޓްރީ އޮފް ހެލްތަށް އަންގާފައެވެ. އެރަށު ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިފައިވަނީ މި ފަސް ބިމުގެ ތެރެއިން އެންމެ އެކަށޭނެ ތަނެއް ކަނޑައެޅުމަށެވެ. ހޯރަފުށީ ކައުންސިލުން ފާހަގަކޮށްފައިވާ ބިންތަކުގެ ތެރެއިން ފުރަތަމަ ބިމަކީ މިހާރުވެސް އެރަށުގައި ހުރި ޞ...

Thiladhun
ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އަދި ހޯރަފުށިގައި އެއާޕޯޓު އެޅުމަކީ "މޮޔަ ކަމެއް": ރައީސް ނަޝީދު

ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެއާޕޯޓު އެޅުމަކީ “މޮޔަ ކަމެއް” ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ […]

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް! 📍 ހއ. ހޯރަފުށި

ހޯރަފުށީ އަރުހަމަށް އިންސާފު ލިބުމަށް އިތުރު ހުރަސްތައް!

ތިލަދުންމަތީ ހޯރަފުއްޓަށް އުފަން މުހައްމަދު އަރުހަމް، ރަހުމް ކުޑަ ގޮތަކަށް މަރާލީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. ވަޅިން ދިން ހަމަލާއެއްގެ ޝިކާރައަކަށްވީ އޭނާވީ ލޮރެންޒޯ ޕާކް ތެރޭގަ އެވެ. އެ ހިތާމަ އަރުހަމްގެ އާއިލާއާ ބައްދަލުކުރީ 2012 ވަނަ އަހަރު އެވެ. އަދިވެސް އެމީހުން ތިބީ ހަމަ އެ ހިތާމާގައި އޭނާއަށް އިންސާފު ލިބޭނެ ދުވަހެއްގެ އުއްމީދުގަ އެވެ. އޭނާގެ މަރާ ގުޅިގެން ދައުވާ ކުރީ ހަތަރު މީހަކަށެވެ. ލައްކަ ދުވަހު ކުރިމިނަލް […]

ނ. ހަސަން
އަރުހަމްގެ މައްސަލާގައި ސިއްރު ހެކި "އޮޅިގެން" ހާމަކުރެވިއްޖެ 📍 ހއ. ހޯރަފުށި

އަރުހަމްގެ މައްސަލާގައި ސިއްރު ހެކި "އޮޅިގެން" ހާމަކުރެވިއްޖެ

ޖޫން، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ދައުލަތަށް އޮޅިގެން ހާމަކުރެވިފައިވާ ކަން ހާމަ ވެއްޖެއެވެ. އަރުހަމް މަރާލި މައްސަލާގައި ދައުލަތުން ހަތަރު މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ އިތުރުން ގދ. ގައްދޫ ގުންޒަރު […]

އަފްރާހް އަބްދުލް ރަޝީދު
ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ގަސް މުޑުވަށްކުރުމުގެ ޕްރޮގްރާމް ބާރަށް ކުރިޔަށް! 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ގަސް މުޑުވަށްކުރުމުގެ ޕްރޮގްރާމް ބާރަށް ކުރިޔަށް!

ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ގަސް މުޑުވަށްކުރުމުގެ ޕްރޮގްރާމް ބާރަށް ކުރިޔަށް  ދާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ދިވާޅުވީ އެއިނާ ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ސަލީމް ވަނީ ރައްޔިތުންގެ ހިއްވަރަށް ސާބަސް ދެއްވާފައެވެ. 21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބްރައީސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައެވެ. ހޯރަފުށީ އެއާޕޯރޓް އަޅާ ސަރަހައ...

އިބްރާހިމް އަސްވާޤް
📍 ހއ. ހޯރަފުށި

މޯލްޑިވްސް ވިމެންސް ރަން ހޯރަފުށީގައި ބާއްވައިފި

އެން-ރޭންޖުން އިންތިޒާމުކޮށްގެން، ހއ. ހޯރަފުށީގައި މޯލްޑިވްސް ވިމެންސް ރަން ބާއްވައިފިއެވެ. އީދު ބަންދާ ދިމާކޮށް ހޯރަފުށީގައި ބޭއްވި މި ދުވުމުގައި ހަތަރު އަހަރުން މަތީގެ ކޮންމެ އުމުރުފުރައެއްގެ އަންހެނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން ހަވީރު 4:00 ފެށި މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު މި ހަރަކާތުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ފެށި މިހަރަކާތުގެ ދެ...

އިބްރާހިމް އަސްވާޤް
ހޯރަފުށީގައި މީހުން އާބާދުވުން 📍 ހއ. ހޯރަފުށި

ހޯރަފުށީގައި މީހުން އާބާދުވުން

ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވޭ  ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައި...

އިބްރާހިމް އަސްވާޤް