ހޯރަފުށީ އެއަރޕޯޓް ފެހިކުރުމަށް ގަސް މުޑުވަށްކުރުމުގެ ޕްރޮގްރާމް ބާރަށް ކުރިޔަށް ދާކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ދިވާޅުވީ އެއިނާ ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ސަލީމް ވަނީ ރައްޔިތުންގެ ހިއްވަރަށް ސާބަސް ދެއްވާފައެވެ.

Ad
rt

21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބްރައީސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައެވެ.

ހޯރަފުށީ އެއާޕޯރޓް އަޅާ ސަރަހައްދުގެ ބިން ހިއްކައި ނިމެންވާއިރަށް އެ ސަރަހައްދުގެ ހޭޅި ހެދުމަށާއި، ބިން ފެހި ކުރުމަށް ބޭނުންވާ ގަސް ހޯދުމަށް 10،000 ގަސް މުޑުވައް ކުރަން ފަށާފައިވާ އިރު މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ހޯރަފުށީ ކައުންސިލާއި، އާންމު ރައްޔިތުންނާއި، މުއައްސަސާތައް ގުޅިގެންނެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

ހއ ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއިން މިހާރު ވަނީ ފަށާފައެވެ. 16 މަސްދުވަހުގެ ތެރޭގައި ތަރައްޤީކުރުމަށް ކޮންޓްރެކްޓްކޮށްފައިވާ މި މަޝްރޫޢުގެ ބިންހިއްކުމަށް 240 ދުވަސްވަނީ ކަނޑައަޅާފައެވެ.

ހއ ހޯރަފުށީގައި ތަރައްޤީކުރާ ރީޖަނަލް އެއަރޕޯޓްގެ ރަންވޭއަކީ 1200 މީޓަރު ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެކެވެ.

ހޯރަފުއްޓަކީ ޓްރާންސްޕޯޓް މިނިސްޓަރ، އައިޝަތު ނަހުލާގެ އުފަން ރަށެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވިދުވަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، އޭނާގެ އުފަން ރަށަށް ހަގީގީ ޚިދުމަތެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށެވެ.