“ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީ އަށް ހުށަހެޅީ 21 މެއި 2023 ގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް […]
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ. ކުރީގެ މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދެވަނަ ފަހަރަށް ނޯޓިސް ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށާއި، ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އެމްއެންޕީން ބުނީ ޤައުމަށް ހެޔޮ ބަދަލެއް ގެނެސް ފުދުންތެރި ރައްޔިތެއް ބިނާ ކުރުމަށް އެ ޕާޓީން ކުރަމުން އަންނަ […]
ޔުމްނާ ޢަލީ
ތޫނު އެއްޗަކުން ބިރުދައްކައި، މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދިން މައްސަލައިގާ ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް ޢިއުލާން ކުރެއްވީ އިއްޔެއެވެ. އުމުރުން 34 އަހަރުގެ ސަމ...
މުޙައްމަދު އަފްރާޙް
ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އިލްތިމާސް ކުރެއްވީ ރައީސްގެ ހާއްސަ ސްކޮލާޝިޕާއި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވަނީ ކޮންމެ ގައުމަކަށް ދިޔަނަމަވެސް، ކޮންމެ ކުއްޖަކު ވެސް ތިމާއަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މުސްލިމ...
މުޙައްމަދު އަފްރާޙް
މުދަލަށް ގެއްލުން ދީފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު، އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތ...
މުޙައްމަދު އަފްރާޙް
ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި ރައުޔެއް ނެރުމަށް ބާ ކައުންސިލުން ގެންގުޅޭ ވިސްނުން ދޫކޮށްލުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމުގައިވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އެދިވަޑައިގެންފި އެވެ. މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެެވެ. އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެ މައްސަލަ ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައ...
މުޙައްމަދު އަފްރާޙް
މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ. ސައުދުގެ ޢާއިލީ ބޭފުޅަކު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ސައުދު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. މި ހާދިސާގައި ސައުދަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައުދު މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް މަގުމަތީގައެވެ. މި އެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅައިފިއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި މިވަނި 50 މެމްބަރުންގެ ސޮޔާއި އެކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކުގައެވެ. އެއީ މިހާ...
މުޙައްމަދު އަފްރާޙް
އައްބާސް އާދިލް ރިޒާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޟިރުކުރަން ބޭނުންވެ، ނަމަވެސް ހާޟިރުކުރެވިފައި ނުވާތީ، އައްބާސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރި އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކްރިމިނަލް ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރުގައި ވަނީ މިއަދު މެންދުރުފަހު 2:30 ގެ ކުރިން އެ ކޯޓަށް އައްބާސް ހާޒިރުކުރުމަށެވެ. އޭނާ އ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނަށް ހާޟިރުވެއްޖެއެވެ. އޭނާ ހޯދަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި އޭނާ މިހާރުހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އަދި އޭނާގެ ބަންދ...
މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިރޭ ބުނީ ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދިޔަ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހީމް (17) މިހާރު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އައި ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް...
އިބްރާހިމް ޚަލީލް
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް މަރާލި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، މޭރީގެ ރަހުމަތްތެރިއަކު ކޯޓުގައި ދިން ހެކިބަހުން އިތުރު ކަންތައްތަކެއް ހާމަވެއްޖެ އެވެ. މޭރީ މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ދައުލަތުން ތުހުމަތު ކުރަނީ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ މާވިން އޮތް ލޯބީގެ ގުޅުމުގެ ތެރެއިން މޭރީ މަރާލި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް […]
ހުސައިން ހަބީބް
35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދު، ސިފައިންގެ ޚިދުމަތުން ރިޓެއާ ކުރައްވައިފިއެވެ. އޭނާ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ރޭ ވަނީ ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި މެޑަލް ބޯޑު، ހަވާލުކޮށްދެއްވާފައ...
މުޙައްމަދު އަފްރާޙް