އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަކީ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު ސައްހަ ދީނީ ޢިލްމު ފަތުރާ މަރުކަޒަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިރޭ އައިޔޫއެމްގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވަނީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އައިޔޫއެމްއިން އަދާކުރާ މުހިންމު ދައުރު ފ...
ޔުމްނާ ޢަލީ
ކައިވެނިކޮށްގެން އުޅުނުއިރު އަނބިމީހާ ދިން ފައިސާއިން ފިރިމީހާ ގަނެފައިވާ ކާރު އަނބުރާ ހޯދަން އަންހެން މީހާ ދައުވާކޮށްފި އެވެ. ލ. އަތޮޅު އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ދައުވާކުރީ އޭނާ ކައިވެނިކޮށްގެން އުޅުނުއިރު އޭނާ ފައިސާ ދީގެން ފިރިމީހާ ލައްވައި ބައެއްގެ އަތުން ގަތް އަނބުރާ ހޯދުމަށެވެ. އެ މައްސަލަ ނިމެންދެން ކާރުގެ މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އަންހެން މީހާ ސިވިލް ކޯޓުގައި އެދިފައިވެ އެވެ. އެހެންވުމުން ސިވިލް ކޯޓުން މިއަދު […]
ހުސައިން ހަބީބް
ލަނޑުދަނޑިތަކާއެކު ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ. މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ޕްލޭންގައި އެންމެ ބޮޑަށް އަލި އަޅުވާލާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިކަން ދެމެހެއްޓޭނެ ޕޮލިސީތައް ގެނައުމާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށެވެ. އަދި ނުހެދި ހުރި ރަށްތައް ހެދުމާއި މާކެޓިން އަދި އެ ނޫން ވެސް ޓޫރިޒަމްއާ ގުޅުންހުރި ގިނަ މައްސަލަތަކު...
މުޙައްމަދު އަފްރާޙް
ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމަށް ރާއްޖޭގެ އިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވައިލެއްވީ އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އޯ.އައި.ސީ.ގެ މައި މަރުކަޒުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެ އަ...
މުޙައްމަދު އަފްރާޙް
ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ބޯޓެެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ. އެ ނިންމުން […]
ހުސައިން ހަބީބް
ވަރިވާން ދިޔަ އަންހެނަކަށް ހދ. އަތޮޅުގެ ކޯޓެއްގެ ގާޒީއަކު ގުޅާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ. ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅާ ކަމަށް ތުހުމަތުކޮށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ […]
ހުސައިން ހަބީބް
ރާއްޖެ- ޗާގޯސް މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރިލް 2023 ގައި ނިންމި މައްސަލާއާއި ގުޅިގެން ހުށަހެޅި ގަރާރެކެވެ. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން […]
މުޙައްމަދު އަފްރާޙް
ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ބަދަލު އައިސް، އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކ...
މުޙައްމަދު އަފްރާޙް
ގދ. ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:30 ހާއިރުއެވެ. އެ ބޯޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު، މި އަލިފާން ނިއްވާލީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނެވެ. މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޔުމްނާ ޢަލީ
ނ. މާފަރު އެއާޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލައިގެން އަނިޔާވި މީހަކު ނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެކްސްކަވޭޓަރަކީ އެ އެއާޕޯޓު ގެ މަސައްކަތަށް ބޭނުންކުރަމުންދިޔަ އެއްޗެއް ކަމަށެވެ. އެކްސްކަވޭޓަރު ފުރޮޅާލައިގެން އަނިޔާ ލިބުނުު މީހާ މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު 9:27 ހާއިރު، ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެކްސްކަވޭޓަރު ދުއްވި ޑްރިވަރު ކަމަށް ވެސް ވިދާޅުވިއެވެ....
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމާއި ކުލަ، އަލަށް އުފައްދާ އެހެން ޕާޓީއަކުން ނަކަލު ނުކޮށް، އެ ޕާޓީއެއްގެ އަމިއްލަ ނަމާއި ކުލަ ބޭނުން ކުރަން އެދޭކަމަށް އެމްޓީޑީން ބުނެފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ “ދަ ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ދީފައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމަށްވާ، ކުލްބަ ޕޯލްސްޓާއިން، އެ ރަށު ސްކޫގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފިއެވެ. ކުލަބް ޕޯލްސްޓާއިން އިހަވަންދޫ ސްކޫލް ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފައި މިވަނީ މާދަމާ ރޭ އޮންނަ ސްކޫލުގެ ޕްރައިޒްޑޭގެ ހާއްސަ ހަފްލާއަށް ސްކޫލް ޒީނަތްތެރި ކުރުމުގެ ގޮތުންނެވެ. އެ ސްކޫލުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް މިއަދު ކޮށްފައި ވަނީ އެ ކުލަބުގެ މެމްބަރުންނެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ވެސް ހޯދާފައި ވ...
އިބްރާހިމް ޚަލީލް
ސައޫދީ އަރަބިއްޔާއިން ދިވެހިންނަށް 350 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ސައޫދީގައި ކިޔެވުމުގެ 350 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕް ތަކަކީ “ފުލީ ފަންޑެޑް” ސްކޮލާޝިޕް ތަކެއް ކަމަށާއި، މި ސްކޮލާޝިޕްތަކުގެ ދަށުން ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފަވެއެވެ. ސައޫދީ އެމްބަސީން ބުނެފައިވާ ގޮތ...
ޔުމްނާ ޢަލީ
ފާފު އަތޮޅު ފިލިތެޔޮ ކައިރީ ކަނޑުއަޑިއަށް ފައްތާފައި ހުރި 45 ކިލޯގެ މަސްތުވާތަކެތި ފެނުނުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފިލިތެޔޮ ރިސޯޓު ކައިރި ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަތޮޅުގައި އޮޕަރޭޝަނެއް ފެށީ 18 މެއި 2023 ގައެވެ. ފުލުހުން މިރޭ ވިދާޅުވިގޮތުގައި މިހާރު ވަނީ އެ އޮޕަރޭޝަން ނިންމާލާފައެވެ. ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި މި އޮޕަރޭޝަންގައި މީހަކު އަދި މިހާތަނަށް […]
ޔުމްނާ ޢަލީ
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ޖަލުގައި އޮވެ ނަފްސާނީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ޝަކުވާ ކުރިޔަސް, އޭނާގެ ބަންދަށް ލުޔެއް ނުދޭން ކޯޓުން މިއަދު ނިންމައިފި އެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ދިވެހި […]
ހުސައިން ހަބީބް