ކައިވެނިކޮށްގެން އުޅުނުއިރު އަނބިމީހާ ދިން ފައިސާއިން ފިރިމީހާ ގަނެފައިވާ ކާރު އަނބުރާ ހޯދަން އަންހެން މީހާ ދައުވާކޮށްފި އެވެ.

ލ. އަތޮޅު އަންހެނަކު އޭނާގެ ކުރީގެ ފިރިމީހާއާ ދެކޮޅަށް ދައުވާކުރީ އޭނާ ކައިވެނިކޮށްގެން އުޅުނުއިރު އޭނާ ފައިސާ ދީގެން ފިރިމީހާ ލައްވައި ބައެއްގެ އަތުން ގަތް އަނބުރާ ހޯދުމަށެވެ.

Ad
rt

އެ މައްސަލަ ނިމެންދެން ކާރުގެ މިލްކުވެރިކަން ބަދަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އަންހެން މީހާ ސިވިލް ކޯޓުގައި އެދިފައިވެ އެވެ.

އެހެންވުމުން ސިވިލް ކޯޓުން މިއަދު ވަނީ ކާރުގެ ރަޖިސްޓްރީ އިތުރު މީހެއްގެ ނަން މައްޗަށް ބަދަލު ނުކުރަން އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ކާރު ގަންނަން ފިރިހެން މީހާއަށް އަންހެން މީހާ ފައިސާ ދިން ކަމަށް ބެލެވޭ ހެކިތަކެއް ހުރުމުން އޭނާއަށް ހިމާޔަތް ލިބެންޖެހޭ ހައްގެއް މިވަގުތު އެބައޮތް ކަމަށެވެ.