ހދ. ކުމުންދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާއި އިމާރާތެއް ހޯދުމަށް ތިން ފަހަރު އިއުލާން ކުރުމުން ވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖލީީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝައިޚް އިމްރާން ވިދާޅުވީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތަކީ މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކ...
މުޙައްމަދު އަފްރާޙް
17 އަހަރުގެ ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދަން ފަށައިފި އެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޅ. ކުރެންދޫ / ހުދުފަޅު، ޢަބްދުއްނާފިޢު އިބްރާހިމް (17އ) ކަމަށެވެ. ޢަބްދުއްނާފިޢު އިބްރާހިމް ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެކުއްޖާ ދިރިއުޅެނީ ނުވަތަ ގެއްލުނީ ހުޅުމާލެއިންކަމެއް ފުލުހުން ނުބުނެ […]
އަލީ އާދިލް
ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު ރޭ ފިލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިންދާ މީހަކު ފިލާފައިވާ ކަމަށެވެ. އެ މީހާ ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރީ ރޭގައެވެ. އަދި ޕޮލިސް ސްޓޭޝަނުން އޭނާ ފިލާފައި ވަނީ 12:57 ހާއިރުއެވެ. ”އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން” ފުލުހުން ވިދާޅުވިއެވެ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު ރޭ ފިލިއިރު، މި މަހުގެ […]
ޔުމްނާ ޢަލީ
ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ މިކަމަށްޓަކައި އިއްޔެ ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެވެ. ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކު...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އެ ރަށު ހުދުވިލާ އަޒާ އިބްރާހިމް އަސްލަމް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާ ހޯލުގައެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ އަޒާ އިބްރާހީމް އަސްލަމެވެ. އެއްވަނައަށް ޕޯލްސްޓާގެ ފަރާތުން ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުބާރާތުގެ ދެވަނަ ވަނީ ތިން ދަރިވަރަކު ހޯދާފައެވެ. […]
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށް ދެ މެނޭޖަރުން ނެގުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާން ކުރީ މިދިޔަ ހަފްތާގައި ކަމ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ އުފެެއްދުމުގެ ހުއްދައަށް މިއަދު އެދިއްޖެ އެވެ. “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި މި ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިއަދު މެންދުރުފަހުއެވެ. ޕާޓީ ރަޖިސްޓަރީ ކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހަޅުއްވާދެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އެ ޕާޓީ […]
ޔުމްނާ ޢަލީ
ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާ...
މުޙައްމަދު އަފްރާޙް
ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަޝ...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވެ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ. ފިކުރެއްގެ ދިރުމުން ބުނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް، މިއަދު އީސީއަށް ހުށަހެޅުމަށްފަހު، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށް ކަމަށެވެ. އައު […]
މުޙައްމަދު އަފްރާޙް
ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމުން އެއަށް ރައްދުދެއްވައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ […]
މުޙައްމަދު އަފްރާޙް
ޗާގޯސް މައްސަލާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވައްދަން ތާއީދުކޮށް، އެ މައްސަލަ ހުށަހެޅުމަށް ސޮއި ދެއްވާފައިވާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސް...
ޔުމްނާ ޢަލީ
ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ތާއީދު ކުރައްވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނާޒިމް ބުނަނީ ކީކޭ؟” ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން މިރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ކުރީގެ ތިން ޕްރޮގްރާމެކޭ އެއްފަދައިން އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލް ހުށަހަޅުއްވައި ދެއްވި...
ޔުމްނާ ޢަލީ
ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޚިޔާޅުތަފާތުވުން އުފެދި، ރައީސް ނަޝީދު އިސްވެހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތަށް އަލިއަޅުވައިލައްވައި، މައުރޫފް ވިދ...
މުޙައްމަދު އަފްރާޙް
ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރު ސައިޚް އިިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 9 ވަނަ ބެޗް...
ޔުމްނާ ޢަލީ