ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން ދެންމެ ކުރި ހުކުމުގައިވަނީ މުއިއްޒު ދެއްވި […]
ހުސައިން ހަބީބް
ޗާގޯސް މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް މި މައްސަލަ ހުށަހެޅުއްވުން އެ ގަރާރު ބަލައިގަންނަން ފެންނަކަމަށް 18 މެމްބަރުން ވޯޓ...
މުޙައްމަދު އަފްރާޙް
މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް އިންސާނުންގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މާލޭގައި މި އޮޕަރޭޝަން ހިންގީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ކަމަށާއި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހ...
މުޙައްމަދު އަފްރާޙް
ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި...
ޔުމްނާ ޢަލީ
ތަޢުލީމީ ގޮތުން ކިތަންމެ މައްޗަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުޞަތު ދިވެހި ކޮންމެ ދަރިއަކަށް މި ވަގުތު އެބައޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މިރޭ އިނާ...
ޔުމްނާ ޢަލީ
ގާތުން ދޭންޖެހޭ ތުއްތު ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ ވަކިކޮށްގެން ބައްޕަ ގެންގުޅެނިކޮށް އެ ކުދިން މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މަންމަ އަށް ނާންގައި ބައްޕަގެ ގެއަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ މަންމައަށް ބައްދަލު ކުރެވޭނީ ބައްޕަ ބޭނުންވާ ގޮތަށް އެއްބަސްވެގެން ބައްޕަގެ ގޭގައި ހުރުމުން ކަމަށް އެންގި އެވެ. ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން […]
ހުސައިން ހަބީބް
ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ އެ މައްސަލަ ނިމުނުގޮތާއިމެދު އެމް.އާރް.އެމް ގެ އެގްޒެކެޓިވް ކޮމިޓީގައި ކުރެވުނު މަޝްވަރާއަށްފަހު ނިންމި ނިންމުން ހާމަކުރުމަށް ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މި...
މުޙައްމަދު އަފްރާޙް
އަންނަ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން އައު ޕާޓީއެއް އުފައްދަން ނިންމާފަވާ ކަމަށެވެ. ‘’އަޅުގަނޑުމެންގެ ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ’’ އީވާ ވިދާޅުވިއެވެ.
ޔުމްނާ ޢަލީ
އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންސާފު ކަމަށާއި އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ޤައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެއްދުވަހަށް ކުރިޔަށް ގެންދާ މިކޮންފަރެންސް ކުރިޔަށް...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެން ގެއްލޭނީ ވެރިކަން ކަމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ/އެމްޑީ ހުސެން އަމްރު ވިދާޅުވެއްޖެއެވެ. އެންޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އިސްބޭފުޅުން ތަކެއް މިއަދު ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި އަމްރުއާއި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހިމެނޭހެން ރައްޔިތުންގެ މަޖިލިސްގެ 12 މެންބަރަކު ވެސް ވަނީ އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައެވެ. މިކަން މިހެން ހިނގާފައި ވަނިކޮށް އަމްރު […]
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު އިސްވެ ހިންގަވާ ”ފިކުރެއްގެ ދިރުން”ގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. ނަމަވެސް ރައީސް ނަޝީދު ޕާޓީ ދޫކޮށްނުލައްވާ ކަމަށްވެއެވެ. މި ބޭފުޅުން އެމްޑީޕީ ދޫކޮށްލާފައި މިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިއްޔެ އެމްޑީޕީން ވަކިކޮށް، މިއަދު އޭނާގެ ނަން އިލެކްޝަން ކޮމިޝަން (އ...
ޔުމްނާ ޢަލީ
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި އޭނާ ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް އާއިލާއިން ރިޕޯޓު ކުރީ މި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާގެ ޚަބަރެއް މި މޭ މަހުގެ […]
މުޙައްމަދު އަފްރާޙް
އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ. މުގުނީ ކުރި ޓުވީޓެއްގައި ރައީސް ސޯލިހަށް ވަގަށް ގޮވި މައްސަލާގައި މީގެ ދެ ދުވަސްކުރިން އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފަ އެވެ. އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ. މުގުނީ މަގާމުން ވަކިކުރިކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގްރޫޕަށް މިއަދު 11:14 ގައި މުގުނީ […]
ޔުމްނާ ޢަލީ
މި ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާއި، އެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ ” ގޯލްޑް 100 ގާލާ” ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. “ގޯލްޑް 100” އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. […]
ޔުމްނާ ޢަލީ
ޒިރާއީ ބޭނުންތަކަށް ދިރޭޖަނަވާރު (ޕޯލްޓްރީ ދޫންޏާއި ލައިވް ސްޓޮކް) ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދޫކުރާނީ އެފަދަ ތަކެތި ގެންގުޅެވޭނެ ފާމެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި މިހެން ބުނެފައިި މިވަނީ މާލޭގެ ގެއެއްގެ ތެރޭގައި އޮސްޓްރިޗް ނުވަތަ ގިނިކާ މާދޫންޏެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް ޕޯލްޓްރީ ފ...
މުޙައްމަދު އަފްރާޙް