މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 577 ވަނަ ޞަފްޙާ

ހޯރަފުއްޓާއި މާވަރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖައްސަން ތައްޔާރުވަނީ

ހޯރަފުއްޓާއި މާވަރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖައްސަން ތައްޔާރުވަނީ

ހޯރަފުއްޓާއި މާވާރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖައްސަން ތައްޔާރުވަމުން އަންނަކަމަށް ރީޖަނަލް އެއާޕޯޓްސް އިން ހާމަކޮށްފިއެވެ. ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ ދެ އެއާޕޯޓުގައި ނައިޓްލޭންޑިން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ގާތްގަޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. މި ދެ އެއާޕޯޓުގައި ރޭގަނޑުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސަމުން އަންނައިރު، ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ބާއްވަން ފެށުމުގެ ގޮތުން ޓެސްޓު...

މުޙައްމަދު އަފްރާޙް
މިއުނިކް ލީޑާސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ޖަޕާނަށް

މިއުނިކް ލީޑާސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ޖަޕާނަށް

މިއުނިކް ލީޑާސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ މި މޭ މަހުގެ 14 ން 16 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ އާއި މިއުނިކް ލީޑާސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދ...

މުޙައްމަދު އަފްރާޙް
ވަރި ގިނަވަނީ ކައިވެނި ޕާޓީއަށް ވިސްނާ ވަރަށް ދިރިއުޅުމާ މެދު ނުވިސްނާތީ: ފެމިލީ ކޯޓުގެ އިސްގާޒީ

ވަރި ގިނަވަނީ ކައިވެނި ޕާޓީއަށް ވިސްނާ ވަރަށް ދިރިއުޅުމާ މެދު ނުވިސްނާތީ: ފެމިލީ ކޯޓުގެ އިސްގާޒީ

ކައިވެނި ޕާޓީ ބާއްވާނެ ގޮތާ މެދު ދެމަފިރިންގެ މެދުގައި މަޝްވަރާ ކުރެވޭ ވަރަށް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު މަޝްވަރާ ނުކުރުމަކީ ވަރިވާން ދިމާވާ އެއް ސަބަބު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ. ބައިނަލްއަގުވާމީ އާއިލާތަކާބެހޭ ދުވަހާ ގުޅިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބުގައިވަނީ ވަރި ގިނަވަނީ ތައްޔާރު ނުވެ ކައިވެނި ކުރާތީ ކަމަށެވެ. އަދި ޕާޓީގެ ކަންކަމަށް މަޝްވަރާ ކުރާ މިންވަރަށް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު މަޝްވަރާ ނުކުރުމަކީ […]

ހުސައިން ހަބީބް
އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދެއްވަނީ

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދެއްވަނީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މައުލޫމަތު ލިބިއްޖެއެވެ. އޭނާ ވިދާޅުވީ އިސްތިއުފާގެ ސިޓީ ފޮނުވާފައިވާ ކަމަށާއި ވަޒީފާއަށް ނުކުންނަވާ އެންމެފަހު ދުވަހަކީ މި މޭ މަހުގެ 18 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އަނބިކަނބަލުން، އެ މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އާއިލާއަށް ވަގުުތު ދިނުމެވެ. ކައުންސިލްތަކުގެ […]

މުޙައްމަދު އަފްރާޙް
މަޖިލީހުގެ ދެވަނަ ދައުރު ފަށަނީ އަންނަ ބުރާސްފަތި ދުވަހު

މަޖިލީހުގެ ދެވަނަ ދައުރު ފަށަނީ އަންނަ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މަޖިލީހުގެ ކަލަންޑަރުގައިވާގޮތުން ޖަލްސާތައް އޮންނަނީ އަހަރަކު 3 ދައުރަށް ބަހާލައިގެންނެވެ. މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ގެންގޮސްފައި ވަނީ ފެބްރުއަރީ 6 އިން އޭޕްރިލް 25 އަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރުގައި އަލަށް 11 ބިލެއް ހުށަހަޅާފައިވެއެވެ. އެއަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށްފަހު ދެވަނަ ދައުރު ފ...

ޔުމްނާ ޢަލީ
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ލިބިފައި: މަޖިލިސް

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ލިބިފައި: މަޖިލިސް

ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއް...

ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން މާލޭގެ މަގުތަކަށް

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުން މާލޭގެ މަގުތަކަށް

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް ރޭ އިފްތިތާހްކޮށްފިއެވެ. އެކަމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވާގޮތުގައި ރޭގެ ހަފްލާގައި ވަނީ އެ ކައުންސިލުން އަލަށް އުފެއްދި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގައި ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ސުޕަވައިޒަރުންނާޢި އޮފިސަރުންނަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ. މާ...

ޔުމްނާ ޢަލީ
ޝާހިދުގެ އިތުބާރުގެ މައްސަލަ މާދަމާ މަޖިލީހަށް ވައްދާނަން: އުޝާމް

ޝާހިދުގެ އިތުބާރުގެ މައްސަލަ މާދަމާ މަޖިލީހަށް ވައްދާނަން: އުޝާމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސޮއި ހަމަކޮށްފައިވާ ކަމަށް ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެ މައްސަލަ މާދަމާ، މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ އިއްތިހާދުން ބުނީ ރައީސް އިބްރާހިމް މު...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެންނެއް ނޫން: މެޓް

ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެންނެއް ނޫން: މެޓް

ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެން ނޫން ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ރާއްޖެއާއި ދުރުން ދެކުނުގައި އުފެދިފައިވާ “ފެބިއެން” ތޫފާނުގެ އަސަރު ވެސް ރާއްޖެއަށް ނުކުރާނެ ކަމަށާއި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަމަށެވެ. މީގެ އިތުރުން ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނު “މޮކާ” ގެ ބާރުވެސް ދަށްވެފައިވާ ކަމަށާއި އެ ތޫފާން ރާއްޖެއާއި ދުރަށް ދަތުރުކޮށްފައިވާތީ، އެ ތޫފާނުގެ އަސަރުވެސް ރާއްޖެއަށް ކުރަމުން ނުދާ […]

މުޙައްމަދު އަފްރާޙް
ޤާސިމްގެ ކެމްޕޭން މެނޭޖަރުން ހަމަޖައްސައިފި

ޤާސިމްގެ ކެމްޕޭން މެނޭޖަރުން ހަމަޖައްސައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި  ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރައްވަން ނިންމަވާފައިވާ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ކެމްޕޭން މެނޭޖަރުން ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް މިއަދު ވަނީ ޖޭޕީގެ ކައުންސިލްގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖަކުން އޭނާގެ ކެމްޕޭން މެނޭޖަރުން ހަމަޖެއްސިކަން އެ ޕާޓީގެ ކައުންސިލް މެންބަރުންނަށް އަންގާފައެވެ. މި ގޮތުން ޤާސިމް ކެމްޕޭން މެނޭޖަރުން ހަމަޖެއްސީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އ...

ޔުމްނާ ޢަލީ
ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް

ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ”ތިލަދުން” އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އ...

މުޙައްމަދު އަފްރާޙް
ޕީޖީން ދުލެއް ނުދިން: ޔާމީން އަތުން 52 މިލިއަން ހޯދަން ހައި ކޯޓަށް

ޕީޖީން ދުލެއް ނުދިން: ޔާމީން އަތުން 52 މިލިއަން ހޯދަން ހައި ކޯޓަށް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަތުން 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޔާމީން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ހައި ކޯޓުން ކުރިން ބާތިލްކުރި އެވެ. […]

ހުސައިން ހަބީބް
ދަރިންގެ ހަރަދަށް 167,000 ނުލިބި, ބައްޕަ ދެ މަހަށް ގޭ ބަންދު

ދަރިންގެ ހަރަދަށް 167,000 ނުލިބި, ބައްޕަ ދެ މަހަށް ގޭ ބަންދު

ދަރިންގެ ހަރަދަށް 160،000 އަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ބައްޕައަކު ދެ މަސް ދުވަހަށް ގޭގައި ބަންދުކުރަން ރަށެއްގެ ކޯޓަކުން ހުކުމްކޮށްފި އެވެ. ފ. އަތޮޅު ރަށެއްގެ ކޯޓަކުން ދިވެހި ފިރިހެނެއްގެ މައްޗަށް އެގޮތަށް ހުކުމްކުރީ އޭނާގެ ދެ ދަރިންނަށް ގަވާއިދުން ހަރަދު ނުދޭތީ އެ ކުދިންގެ މަންމަގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މީގެކުރިން ވެސް ދަރިންގެ ހަރަދު ނުދޭތީ އޭނާ 15 ދުވަހަށް ގޭގައި ބަންދުކުރަން ކޯޓުން ހުކުމްކުރި އެވެ. ކޯޓުގެ […]

ހުސައިން ހަބީބް
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ: މެޓް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ: މެޓް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށް، ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ވަނީ މެދުރާއްޖެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ […]

މުޙައްމަދު އަފްރާޙް
ހިރިޔާ ސްކޫލަށް ނޭނގި އެ ސްކޫލްގެ ފޭސްބުކް ޕޭޖުން ފޮޓޯ ޑިލީޓްކުރާ މައްސަލައެއް

ހިރިޔާ ސްކޫލަށް ނޭނގި އެ ސްކޫލްގެ ފޭސްބުކް ޕޭޖުން ފޮޓޯ ޑިލީޓްކުރާ މައްސަލައެއް

ހިރިޔާ ސްކޫލަށް ނޭނގި އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި ހުންނަ ފޮޓޯ ޑިލީޓްކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ހިރިޔާ ސްކޫލްގެ ފޭސްބުކް ޕޭޖުގައި މިއަދު އެ ސްކޫލުން ވިދާޅުވެފައި ވަނީ، އެ ސްކޫލްގެ ފޭސްބުކް ޕޯސްޓުތަކުން، އެ ސްކޫލަށް އެނގުމަކާއި ނުލައި، ބައެއް ފޮޓޯތައް ޑިލީޓް ކުރަމުންދާކަން އެ ސްކޫލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަން ބެލުމުގެ މަސައްކަތް އެ ސްކޫލުން ފަށާފައިވާ ކަމަށާއި، އެހެންކަމުން އެ ސްކޫލްގެ ފޭސްބުކް ޕޭޖު ބައްލަވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެކަން ދަންނަވާކަމަށް […]

ޔުމްނާ ޢަލީ