މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 579 ވަނަ ޞަފްޙާ

ގެއްލިގެން ހޯދާ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެ

ގެއްލިގެން ހޯދާ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެ

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނިން ދަތުރުކުރި ދެ މީހުން ފެނިއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯނިން ދަތުރުކުރި ދެ މީހުން ލޯންޗަކަށް ފެނިގެން އެކަމުގެ މައުލޫމާތު އެ އިދާރާއަށް ދީފައިވާ ކަމަށެވެ. ”ދެ މީހުންގެ ހާލު ރަނގަޅު، އިތުރު ތަފްސީލެއް އަދި ނުލިބޭ” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ދެ މީހުން ކާށިދޫ ކައިރިން ކަނޑުމަތީ ކަނޑުވެފައި ތިއްބާ އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފައި ވަނީ […]

ޙުސައިން ޝަހުދީ
''ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން''

''ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން''

ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑު ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އ...

ޔުމްނާ ޢަލީ
ރިފްއަތު ވަކިކުރަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނަން: އެމްޑީޕީ

ރިފްއަތު ވަކިކުރަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނަން: އެމްޑީޕީ

ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސ...

ޔުމްނާ ޢަލީ
ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ދޯންޏަކީ، މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު 10:40 ހާއިރު ކ. ގާފަރުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރި ދޯންޏެކެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާއިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ މިއަދު މެންދުރު 11:35 ހާއިރުއެވެ. “ޖަންބޯ” ދޯންޏަކީ ދިގުމިނުގައި 65...

ޔުމްނާ ޢަލީ
ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް

ހަގީގަތުގައި ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފަށްޗެއް: މަހްލޫފް

ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އ...

ޔުމްނާ ޢަލީ
ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ

ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނ...

ޔުމްނާ ޢަލީ
އެކްސްޕީރިއެންޝަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސީއެންއެން އާ އެކު އެމްއެމްޕީއާރްސީ ސޮއި ކޮށްފި

އެކްސްޕީރިއެންޝަލް ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސީއެންއެން އާ އެކު އެމްއެމްޕީއާރްސީ ސޮއި ކޮށްފި

އިންޓަނޭޝަނަލް ކޮމާޝަލްއާ އެކު އިޝްތިހާރު ކުރުމާއި ބްރޭންޑެޑް ކޮންޓެންޓް ހެދުމުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފަށައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ސީއެންއެން އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެމްއެމްޕީއާރުސީގެ މައި އޮފީހުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް...

މުޙައްމަދު އަފްރާޙް
ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް އަންނަނީ ތަރައްގީކުރަމުން: މިޢުވާން

ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް އަންނަނީ ތަރައްގީކުރަމުން: މިޢުވާން

ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަރައްޤީކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ކޮންމެ ބުރާސްފަތި ދުވަހެއްގައި ރައީސް އޮފީހުން އަންނަނީ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. މިގޮތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕަރސަން މިޢްވާން ވިދާޅުވީ، ޞިއްޙީ ޚިދުމަތްތައް...

ޔުމްނާ ޢަލީ
''ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާދޭ''

''ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާދޭ''

ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުއި ދިނަސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ. ހިޔާ ފްލެޓުގެ ކުއްޔަށް ބަދަލުތަކެއް ގެނެސް އެކަން އިއުލާނު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ކުއްޔަށް ލުޔެއް ދިން ކަމުގައިވިޔަސް މެއިންޓަނަންސް ފީއަށް ކުރިން ނަގަމުން ދިޔަގޮތަށް 1000 ރުފިޔާ ނަގަމުން ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް […]

މުޙައްމަދު އަފްރާޙް
އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޭޑިއޯ މާކެޓިންގ ކެމްޕޭނެއް ފަށައިފި

އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޭޑިއޯ މާކެޓިންގ ކެމްޕޭނެއް ފަށައިފި

އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޭޑިއޯ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ފެށި ކެމްޕޭނެކެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕޭނަކީ މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ކުރިއަށްދާ ކެމްޕޭނެއް ކަމަށާއި މަގުސަދަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާކެޓިންގ ޕްލެޓްޕޯމްކަމަށްވާ ރޭޑިއޯ މެދުވެރިކޮށް ރާއްޖެގެ ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުން ކަމަށެވެ. މި ކެމްޕޭން ކުރިއަށްދަނީ ދެ މަރުހަލާއަކަ...

މުޙައްމަދު އަފްރާޙް
އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތާ ގުޅިގެންނެވެ. ޕީޕީއެމް، އެމްއެންޕީ، ޖޭޕީ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް މި މައްސަލަ ހުށަހެޅިކަން ހާމަކުރައްވައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ކުރިއަށ...

މުޙައްމަދު އަފްރާޙް
ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުޔެއް، މިހާރު ދައްކަން ޖެހޭނީ މަހަކު 5300 ރުފިޔާ

ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުޔެއް، މިހާރު ދައްކަން ޖެހޭނީ މަހަކު 5300 ރުފިޔާ

ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުޔެއް ގެނެސްދީ މިހާރު ދައްކަން ޖެހޭނީ މަހަކު 5300 ރުފިޔާ ކަމުގައި ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއް ސައްތާރާއި އާބަންކޯގެ އެމްޑީ އަހުމަދު އާތިބު ބައިވެރިވެވަޑައިގެންނެވި، މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތްތަކުން ހާމަކުރައްވާފައި ގޮތުގައި މިއީ ހިޔާ ފްލެޓްގ...

މުޙައްމަދު އަފްރާޙް
ތަޖުރިބާ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

ތަޖުރިބާ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ. މިއީ މަސްވެރިންނަށް ހާއްސަކޮށްގެން ބާއްވާ ‘ދަ ޕްރޮޖެކްޓް ފޯ ދަ ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓާ’ ގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ. ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާނު އިންޓަނޭޝަނަލް އެޖެންސީ (ޖައިކާ) ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ދިވެހި ހަ މަސްވެރިއަކު ބައިވެރިވެފައިވާއިރު، މިއީ 20 ދުވަހުގެ މުއްދަތައް ކުރިއަށް ދާ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި މަސްވިއްކުމުގައި ޖަޕާނުގައި އަމަލުކުރަމުން [...

މުޙައްމަދު އަފްރާޙް
މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މޫސުމާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނާ ހަމަޔަށް ގެނެސްދިނުމަށް ޞަބްރާ ގޮވައިލައްވައިފި

މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މޫސުމާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނާ ހަމަޔަށް ގެނެސްދިނުމަށް ޞަބްރާ ގޮވައިލައްވައިފި

މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މޫސުމާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނާ ހަމަޔަށް ގެނެސްދިނުމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ގޮވައިލައްވައިފިއެވެ. ސަބްރާ މިފަދައިން ގޮވައިލެއްވީ 7 ވަނަ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ކުރިޔަށްދިޔަ ޕެނަލެއްގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވަނީ މޫސުމީ މައްސަލަތަކުގެ ސާފު މައުލޫމާތު ޢާއްމުންނާއި ހަމަޔަށް ގެނެސްދިނުމުގައި މީޑިއާގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކ...

މުޙައްމަދު އަފްރާޙް
ލޭ އެޅުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ 112 ރަށަކަށް ހަދިޔާ ކޮށްފި

ލޭ އެޅުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ 112 ރަށަކަށް ހަދިޔާ ކޮށްފި

ލޭ އެޅުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ 112 ރަށަކަށް ހެލްތު މިނިސްޓްރީން ހަދިޔާ ކޮށްފިއެވެ. އެ މިނިސްޓްރީން މި ތަކެތި ހަދިޔާކޮށްފައިވަނީ ލެބޯޓްރީ ގާއިމް ކުރެވިފައިވާ 112 ސިއްހީ މަރުކަޒަށެވެ. މިއީ ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަދިޔާކުރާ ތަކެއްޗެވެ. ގާތްގަޑަަކަށް 19 މިލިއަން ރުފިޔާ ހަރަދުކޮށް، މިތަކެތި ހަވާލުކުރުމަށް ނިންމާފައިވާއިރު، މި ތަކެތި ފުރަތަމަ ހަވާލުކޮށްފައި ވަނީ ކ. އަތޮޅުގެ ލެބޯޓްރީ ގާއިމް ކުރެވިފައިވާ ސިއްހީ މަރުކަޒުތަކަށެވެ...

މުޙައްމަދު އަފްރާޙް