މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ފަތިސް ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ރާއްޖެ

16,878 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 578 ވަނަ ޞަފްޙާ

''ނަރުހުންނަކީ ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ އޯގާތެރިކަމުން ފުރިގެންވާ ބައެއް''

''ނަރުހުންނަކީ ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ އޯގާތެރިކަމުން ފުރިގެންވާ ބައެއް''

ނަރުހުންނަކީ ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ އޯގާތެރިކަމުން ފުރިގެންވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ފަޒްނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނަރނައިޓްގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުން ކަ...

ޔުމްނާ ޢަލީ
ޔޫއޭއީ ގައި އޮންނަ ''އެލެން ތޮންގް ކޮފީ ޕޮޓް ޗެލެންޖު'' ގައި ރާއްޖޭގެ ޒުވާން ޝެފުންތަކެއް ބައިވެރިވަނީ

ޔޫއޭއީ ގައި އޮންނަ ''އެލެން ތޮންގް ކޮފީ ޕޮޓް ޗެލެންޖު'' ގައި ރާއްޖޭގެ ޒުވާން ޝެފުންތަކެއް ބައިވެރިވަނީ

ޔޫއޭއީ ގައި އޮންނަ މުބާރާތެއްގައި ރާއްޖޭގެ ޒުވާން 6 ޝެފުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރާއްޖޭގެ ޝެފުންގެ ގައުމީ ޖަމިއްޔާ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ބުނީ ރާއްޖޭގެ ޒުވާން ޝެފުން ބައިވެރިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް ސެލޮން ކަލިނެއާ މުބާރާތުގެ ތެރެއިން ބާއްވާ އެލެން ތޮންގް ގޯލްޑެން ކޮފީ ވިތް ޕޮޓް ޗެލެންޖު 2023 ގައި ކަމަށެވެ. މި މެއި މަހުގެ 29 ން 31 ގެ ނިޔަލަށް މި މުބާރާތް އޮންނާނީ […]

މުޙައްމަދު އަފްރާޙް
ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި

ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތަކަށް ފެސިލިޓޭޓަރުން ތަމްރީނުކޮށްފި

އަތޮޅުތެރޭގައި ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތައް ފެސިލިޓޭޓަރުން ތަމްރީނުކޮށްފިއެވެ. ޖެންޑަރ މިނިސްޓްރީން ބުނީި މިއީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ކަމަށެވެ. މިފަދަ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިހައިތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕްރޮގްރާމް ހިންގައި، 358 މީހުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބ...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ވެރިކަމެއްގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ. ގަން، މުކުރިމަގުގައި އެ ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ލ. ގަމު ދާއިރާގެ ރައްޔިތު...

މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ

ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ، ހަސަން ޖަމީލް ފެނިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައި ވަނީ މާލެއިންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ. އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ އާއިލާއިން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމު...

ޔުމްނާ ޢަލީ
ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް: އިމްރާން

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް: އިމްރާން

ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް ކަމަށް ރާއްޖޭގެ ދާޚިލީ ވަޒީރު، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކުޑަތަންވަމުން އަންނައިރު، އިމްރާން އާއި އަދާލަތުގެ ތާއީދު ދީފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދިނުމަށްޓަކައި އެ ޕާޓީން ވަނީ ކެމްޕޭން މެނޭޖަރެއް ހަމަޖައްސާ، ކެމްޕޭން ކޮމެޓީ އެއް ވެސް […]

ޔުމްނާ ޢަލީ
މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބިދާޅުވީ، އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްފެ ދަށުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. މެމްބަރު […]

މުޙައްމަދު އަފްރާޙް
ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މެއި 2 ވަނަ ދުވަހު ހުޅުމާލެ ފޭސް ދެއެއްގެ ނިރޮޅު މަގުގައެވެ. މި އެކްސިޑެންޓާގުޅިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެދުވަހުގެ 15:17 ހާއިރުއެވެ. މިއެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެ، ފަރުވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އޭނާ ނިޔާވީ އައިޖީއެމް...

ޔުމްނާ ޢަލީ
ނެޕީގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ނެޕީގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އަންނަން ފުރަންގޮސްހުރި ދިވެހި ފިރިހެނަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފި އެވެ. އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ. ހުކުރު ދުވަހު ހެނދުނު 9 ޖަހާކަށްހާއިރު ހައްޔަރުކުރި މި ދިވެހި މީހ...

ޔުމްނާ ޢަލީ
ގެއްލިގެން އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަން: ޝިފާޢު

ގެއްލިގެން އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަން: ޝިފާޢު

އެއްވެސް ވަޒީރެއްގެ އިތުބާރު ނުގެއްލޭ ކަމަށާއި، ގެއްލިގެން އުޅެނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ޔަގީންކަންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވެފައި މިވަނީ ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދަކުން މަސައްކަތްފަށާފައިވަނިކޮށެވެ. އެ އިއްތިހާދަކީ އިންޓަނޭޝަނަލް ޓްރައި...

ޔުމްނާ ޢަލީ
ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ ވެސް ކުށަކަށް ހަދާފާނެ: އުޝާމް

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ ވެސް ކުށަކަށް ހަދާފާނެ: އުޝާމް

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެއްކުމަކީ ވެސް ކުށަކަށް ހަދާފާނެކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އި...

ޔުމްނާ ޢަލީ
މީހަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މީހަކު ގެއްލިގެން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މީހަކު ގެއްލިގެން ދިވެހިން ފުލުހުންގެ ޚިދުމަތަށް ކޮށްފައިވާ ރިޕޯޓަކާއިގުޅިގެން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) އެވެ. އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) […]

ޔުމްނާ ޢަލީ
ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއިގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ ކަރެކްޝަންސާވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދާ ''ޖަމްބޯ'' ދޯނި ވަނީ އަޑިއަށް ގޮސްފައި

ގެއްލިގެން ހޯދަމުންދާ ''ޖަމްބޯ'' ދޯނި ވަނީ އަޑިއަށް ގޮސްފައި

ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެ ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. “ޖަންބޯ” ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރުއެވެ. 65 ފޫޓު ހުންނަ މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސ...

ޙުސައިން ޝަހުދީ
''ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލާއެކު އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ''

''ސިއްހީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލާއެކު އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ''

ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އެދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު ބަންގްލަދޭޝަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާއި، ދިވެހި ޢާއިލާތަކާ މިއަދު ބައްދަލުކޮށްލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމ...

ޔުމްނާ ޢަލީ