ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް (މެޓް އޮފީސް) އިން މިއަދު ވިދާޅުވީ، ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ތޫފާނަށް ދީފައި ނަމަކީ ”މޮކާ” އެވެ. މި ތޫފާނު މަޑުމަޑުން ހުޅަނގު އުތުރަށްޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ”މި...
ޙުސައިން ޝަހުދީ
އޭނާ ހުންނެވީ ރައްޔިތުންނަށްޓަކައި ރިޔާސީ ރޭހުގައި ސާބިތުވެކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މި އަހަރަކީ، ދިވެހި ޤައުމު ބަދަލުކޮށ...
ޔުމްނާ ޢަލީ
ނައިބު ރައީސް ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ރޭ ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސް އޮންނާނީ މި ހިނގާ މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިގޮތުގައި އީސީގެ މެންބަރުކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސު...
ޔުމްނާ ޢަލީ
މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ޤައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ...
ޔުމްނާ ޢަލީ
ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކަމުން ސަސްޕެންޑްކުރި ކާނަލް އަބްދުﷲ އިބްރާހިމްގެ އެއްވެސް އިހްމާލެއް ފެންނަންނެތް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިދިޔަ މާރިޗު މަހު އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ،ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އިދިކޮޅު ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑު ވަށާލައި، ހުއްޓުވައިފައެވެ. އެ މައްސަލަ އެމްއެންޑީއެފުން ބެލުމ...
ޔުމްނާ ޢަލީ
ފިޓް ރަނަރސްގެ ކިޓް ޕާޓްނަރގެ ގޮތުގައި އެމްއެން މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ފިޓް ރަނަރސްގެ ފަރާތުން ސޮއި ކުރީ މީޑިއާ ކޯޑިނޭޓަރ ހުސައިން މަހާސިން އަބްދުލް މުހްސިން އެވެ. އެމްއެން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރީ ކޯ-ފައުންޑަރ މަޒްހޫރު ރިޔާޒެވެ. ފިޓް ރަނަރސް އިން ބުނީ މިއީ އެއް އަހަރުދުވަހަށް ވެވުނު އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން އެ ކުލަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ދުވުންތަކުގައި ބޭނުންކުރާނެ ރަސްމީ ޖާޒީ […]
އަލީ އާދިލް
ދޮން ދަރިއާ ބެހުނު ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު މީހަކާއި ވ. ތިނަދޫ މީހެއްގެ މައްޗަށް ވަކިވަކިން ހުކުމް އިއްވީ އެ ދެ މީހުން އެ މީހުންގެ ދޮން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގަ އެވެ. ފުވައްމުލަކު މީހާ އޭނާގެ ދޮން ދަރިއާ ބެހުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެވެ. ފުވައްމުލަކު މީހާގެ މައްޗަށް މިދިޔަ މަހުގެ ފަހުކޮޅު އިއްވީ 16 […]
ހުސައިން ހަބީބް
ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. މި ސެންޓަރު މިއަދު ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. ޓީއެފްޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި، އެތަންތަނުން ލިބޭ ޚިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ. މި ސެންޓަރުގައި އެކްސަސައިޒް ސައ...
ޔުމްނާ ޢަލީ
އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި އެކަމަނާ ވިދާޅުވީ ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިޙްސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާޙައުލުގައާއި މުޅި މުޖުތަމަޢުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖްރިބާކާރު...
މުޙައްމަދު އަފްރާޙް
އަންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު އައްޔަންކޮށްފިއެވެ. އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް ޢިޔާދު އައްޔަންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު […]
ޔުމްނާ ޢަލީ
މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދީ، އެކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި އެންމެ ބޮޑު ސަމ...
ޔުމްނާ ޢަލީ
ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ. އެމީހަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާމީހަކަށް ވެސް ވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތަޖުރިބާ 2...
ޔުމްނާ ޢަލީ
ރައްޔިތުންނަށް ލުއި ގޮތް ހޯދާދިނުމުގެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ހޯލްސޭލް ރޭޓުގައި 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އެ ގާނޫނު ތަންފީޒު ކުރަން ފެށުމާއެކު ރައްޔިތުން އާންމު ވިޔަފާރިތަކުން […]
ޔުމްނާ ޢަލީ
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާ ބައްދަލުކޮށްފިއެވެ. އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އިދިކޮޅު ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)...
ޔުމްނާ ޢަލީ