ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޟީގެ މަގާމަށް ބޭފުޅުން އަައްޔަން ކުރައްވައިފިއެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސިވިލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެކޯޓުގެ ޤާޟީ ގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސްޤާޟީ ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ކަމަށް ވެސް ޖޭއެސްސީ އިން ބުނެއެވެ. އަހްމަދު ނިމާލް މިހައިތަނަށް […]
މުޙައްމަދު އަފްރާޙް
އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގެ ޓީމުން ހިޔާ ޔޫނިއަންގެ ރައީސް އާ ބައްދަލުކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލުމާތު ދެމުން ހިޔާ ޔޫނިއަން އިން ބުނީ އެމެރިކާގެ “އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް” ގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ޓީމުން ބައްދަލުކޮށްފައިވަނީ މިއަދު ކަަމަށެވެ. މި ބައްދަލުކުރެއްވުމުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ލިބިދޭ އާންމު ހިދުމަތްތަކާއި ހިދުމަތުގެ ފެންވަރު އޮޅުންފިލުވާފައިވާ ކަމަށް ވެސް އެ ޔޫނިއަން އިން ބުނެއެވެ. އަދި ހިދުމަތްތ...
މުޙައްމަދު އަފްރާޙް
“އިންޑިއާ އައުޓް” ޖެހި ބެނާތައް ނަގަން ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންނާއި ނަމާއި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ނެރުއްވި ގަރާރުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި އިންޑިއާ އައުޓް ޖެހި ބެނާތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެކޮޅަށް ވަދެ […]
ހުސައިން ހަބީބް
މޫސުމީ ފިޔަވަޅު އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ތިމަވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީި މިހާރު ކުރިޔަށްދާ 7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ މޫސުމީ ކަންކަމުން އަރައިގަތުމަށް ރާއްޖެއިން ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދާ ކަމަށާއި އެގޮތުން ޖަޒީރާ ރަށްތަކުގެ އައްސޭރިފަށާއި، ގޮނޑުދޮށް ގިރުމުގެ މައްސަލަތަކުން ރައްކ...
މުޙައްމަދު އަފްރާޙް
ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ސަފާ ޝަފީޤު މިއަދު ޢައްޔަންކުރައްވައިފިއެވެ. ސަފާ ޝަފީޤު މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ސަފާ ވަ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަސައްކަތްކުރުމަށް އެ ޕާޓީން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އަށް ދީފައިވާ ދައުވަތާއިގުޅިގެން އެކަމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ރޭ ބާއްވައިފިއެވެ. މި ބައްދަލުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީން ކޯލިޝަން މަޝްވަރާތަކަށް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އާއި ސްޕެޝަލް އެޑްވައިޒަރ، ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދާއި އަދި ކެ...
ޔުމްނާ ޢަލީ
ޕެންޝަން ސްކީމްގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މި މެއި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްބަސްވުން ހަދަން ބޭނުންވާ ފަރާތަތްތަކުން ސިޓީއަކުން ނުވަތަ މެއިލް މެދުވެރިކޮށް އެންގުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ. ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވެނީ ޕެންޝަން ފަންޑުގައި މަދުވެ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ފެސްޓިވަލްގައި ބައިވެރިވާ ފަންނުވެރިންގެ ހުނަރު ދެކިލަން ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ދައުވަތު ދެއްވައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ” ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023” ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފެސްޓިވަލަކީ ކުޅ...
ޔުމްނާ ޢަލީ
އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން، ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސް ކޮށްފިއެވެ. އެމްއެމްސީ އިން ނެރުނު ނުސް ބަޔާނެއްގައި ބުނީ މިފަދަ ޚަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ ކަންކަން ކަމަށެވެ. އަދި ޝައުގުވެރިކުރުވަފާނ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ސާބިއާ އަށް ވަޑައިގެންފިއެވެ. މި މެއި މަހުގެ 8 ން 10 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުުގައި އެގައުމުގެ ފުރަތަމަ ނައިބު ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިވިކާ ޑަޗިޗްއާ އެކު ދެގައުމުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މުހިއްމު ފަސް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޑިޕްލޮމެޓިކް އަދި […]
މުޙައްމަދު އަފްރާޙް
ސަރުކާރުގެ ސިޔާސަތަކީ އެ ޒުވާނެއްގެ ފަންނުން ކުރިއަށްދާން މަގުފަހިކޮށްދީ އުފެއްދުންތެރި އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ މިރޭގެ ވާހަކަފުޅުގައި ވަނީ، ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ޚާއްޞަ މިނިސްޓްރީއެއް އުފައްދާފައިވާކަން ފާހަގަ ކުރައްވާފައެވެ....
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ދިފާއު ބިނާކުރަން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ. ފުއްގި...
ހުސައިން ހަބީބް
6 މޭ 2021 ގައި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަކީ ގައުމުގައި މިފަހުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. 6 މޭ 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާއަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ދެ އަހަރު ވެފައެވެ. ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމުގެ ފުރިހަމަ ޔަގީން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް މިއަދު ދެއްވައިފިއެވެ ޤާސިމް މި ޔަގީންކަން ދެއްވީ، މިއަދު ކުރިއަށް ގެންދިޔަ ޖުމްހޫރީ ޕާޓީގެ 155 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. ޖޭޕީގެ ނައިބު ލީޑަރު، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙް ވަނީ “ތިލަދުން” އަށް މިކަން ކަށަވަރުކޮށް ދެއްވާފައެވެ. ޤާސިމް އެ ޔަޤީންކަން ދެއްވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި […]
ޔުމްނާ ޢަލީ
ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓްގައި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ. މެއި މަހުގެ ނިޔަލަށް ބާއްވާ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގެ އިތުރުން ޗައިނާގެ ދަތުރުވެރިން ރާއްޖެއަށް ދަތުރުކުރަން ޝައުގުވެރިކުރުމަށް އިތުރުކުރުމަކީ ވެސް މި ކެމްޕޭނުގެ އަމާޒެކެވެ. ޗައިނާ...
މުޙައްމަދު އަފްރާޙް