ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ދެން ކުރިމަތިލެވޭނީ 5 އަހަރު ފަހުން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން އިއްޔެ ނިންމައިފިއެވެ. އާޒިމްގެ މައްސަލަ ބެލުމަށްފަހު އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އަލީ އާޒިމަށް އެމްޑީޕީއަށް އަލުން ވަދެވޭނީ އެޕާޓީއަށް ވަންނަން އެދޭ 100 މީހުންގެ ސައްހަ ފޯމާއެކު […]
މުޙައްމަދު އަފްރާޙް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023′ އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ. އެގޮތުން ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އެވެ. އަދި ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވި ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ގެ 90 ވަނަ މެރަތަން އަށް ފުރަން ތައްޔާރުވެއްޖެއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ނަސްރު ބުނީ މިފަހަރުގެ ދުވުން ޚާއްސަކުރަނީ އެމްއެންޑީއެފްގައި އޭނާ ވަޒީފާ އަދާކުރާ ސެކްޝަންގެ ވެރިޔާއަށް ކަމަށެވެ. އަދި އޭނާއަށް މިހާ ހިސާބަށް މި އާދެވުނީ ސެކްޝަން ވެރިޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކީގައި ކަމަށެވެ. “އަސްލު މިހާ ހިސާބަށް އައި އިރު، 90 މެރަތަން އަށް އައި އިރު، […]
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ”ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ […]
ޔުމްނާ ޢަލީ
ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި މައްސަލާގެ އިސްތިއުނާފް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ސުޕްރީމް ކޯޓުން ނާކާމިޔާބުވި ވާހަކަ މީޑިއާތަކުން ގެނައުމުން ޔާމީންގެ ވަކީލުންގެ ރުޅިގަނޑު ނޫސްވެރިންނަށް ބާލައިފި އެވެ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތުގެ ތެރެއިން އެ ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމް […]
ހުސައިން ހަބީބް
ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގައި ބައެއް ރަށްރަށުގައި ތަރައްޤީކުރައްވާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވަނީ ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ އިދާ...
މުޙައްމަދު އަފްރާޙް
ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ހޮސްޕިޓަލްތައް އަޅަން ހަވާލުކޮށްފައި ވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑް އަދި އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. މި ހޮސްޕިޓަލްތައް އަޅަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިއީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 […]
ޔުމްނާ ޢަލީ
ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ގައުމުގެ ތަރައްގީގެ ހުންގާނުގައި ހިފަން ތިބި މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ އަމާޒަކީ ގައުމަށް ބޭނުންތެރި، ގައުމީ ޒިންމާތައް އުފ...
މުޙައްމަދު އަފްރާޙް
ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 155 ދަރިވަރަކަށް ރޭ ދެއްވައިފިއެވެ. މިގޮތުން މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސްގެ ޚާއްޞަ ސްކޮލާޝިޕް 17 ދަރިވަރަކު އަދި، ހައި އެޗީވާސް ސްކޮލާޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ. މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލާޝިޕްގެ ލިއުން ރޭގެ ޖަލްސާގައި އެދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސް […]
ޔުމްނާ ޢަލީ
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލަ ދިރާސާކޮށް ރައުޔެއް ނެރެން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާގޮތުގެ ދިރާސާއެއް ކުރަން ނިންމައި، މި މައްސަލަ ދިރާސާ ކުރުމަަށް އެ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ފޮނުވުމަށް […]
މުޙައްމަދު އަފްރާޙް
މެރިޓް ސްކޮލާޝިޕްގެ ނަމުގައި އައު ސްކޮލާޝިޕް ސްކީމެއް މިއަހަރު ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރެއްވީ ރައީސްގެ ޚާއްޞަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މިއީ މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލަރޝިޕެ...
މުޙައްމަދު އަފްރާޙް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިޔަވަޅު އަޅާ ކޮމިޓީން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް ނިންމައިފިއެވެ. އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް ނިންމާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި މައްސަލަ ބެލުމަށް ފަހުގައި ކަމަށް އިނގިފައިވެއެވެ. އާޒިމް އެމްޑީޕީން ވަކިކޮށްފިކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު ވަނީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕ...
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން އެމަނިކުފާނަށް މިރޭ ނާކާމިޔާބުވެއްޖެ އެވެ. ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި […]
ހުސައިން ހަބީބް
‘މެރުއާނާ’ ގަސްތަކެއް ހެއްދި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް “މެރުއާނާ” ގަސް ހައްދައިގެން އުލެނިކޮށް ބަންދުކުރީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު ކަމަށެވެ. އުމުރުން 29 އަހަރުގެ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ. އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ ގަލޮޅުގެ ގެއެއް ކައިރީ މެރުއާނާ ގަހެއް […]
މުޙައްމަދު އަފްރާޙް