މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 437 ވަނަ ޞަފްޙާ

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި

ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. މީގެ ކުރީން ރައީސް، މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަމަށް ބަދަލުގެންނަވައި، އެ ދުވަސް ރަސްމީ ދުވަހެއްގޮތުގައި ހަމަޖައްސަވާފައެވެ. ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ދައުރު ފެށޭ ދުވަހެވެ. ރައީސް މުޢިއް...

ޔުމްނާ ޢަލީ
މުވައްޒަފުން ވަކިކުރަނީ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

މުވައްޒަފުން ވަކިކުރަނީ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށާއި، އެކަން ކުރަނީ ސަރުކާރުން ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވަންކަމަށް އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާއަށް ނަގާފައިވާ ފަރާތްތައް އެއްވެސް ހަމައެއް އުސޫލެއް ނެތި އެމީހުންގެ ވަޒީފާތަކުން ވަކިކުރަމުން އަންނަކަމަށެވެ. އެހެންވެ އެކަން އެންމެ ހަރު އަޑުނ...

ޔުމްނާ ޢަލީ
ނައިބު ރައީސް ހުސެން ޔުގެންޑާ އަށް

ނައިބު ރައީސް ހުސެން ޔުގެންޑާ އަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިރޭ ޔުގެންޑާ އަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގެންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި “ގްރޫޕް އޮފް 77 އެންޑް ޗައިނާ” (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި...

ޔުމްނާ ޢަލީ
އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތާއި މާލޭގައި މިސްކިތެއް އަޅަނީ

އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތާއި މާލޭގައި މިސްކިތެއް އަޅަނީ

އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތާއި މާލޭގައި މިސްކިތެއް އެޅުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިކަން ހާމަކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމް ވިދާޅުވީ، އަމިއްލަ ފަރާތްތަކެއްގެ އެހީގައި ހުޅުމާލޭގައި ދެ މިސްކިތް އަދި މާލޭގައި މިސްކިތެއް އެޅުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން މާލޭގައި އަޅަން ފުރުސަތު ލިބިފައި ވަނީ ތިން ބުރީގެ...

ޔުމްނާ ޢަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އަޅަން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެން ބައި ވަކިކޮށް ހަދާ މިސްކިތެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެޗްޑީސީން ބު...

މުޙައްމަދު
ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފިއެވެ. ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން […]

މުޙައްމަދު
ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހީމް އަލީފުޅާ ދެކޮޅަށް ދައުވާކުރީ އޭނާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ.  ކައިޒީން ދައުވާކުރަނީ އެ […]

ހުސައިން ހަބީބް
ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސަރުކާރުން އެކުލަވާލި ޚާއްޞަ އުސޫލުގެ ދަށުން، ކުރީގެ ސިއްހީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ސިއްހަތާބެހޭ ވުޒާރާއިން މިއަދު ކުރި ޢުލާނެއްގައި ބުނީ ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ “ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދ...

ޔުމްނާ ޢަލީ
ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ

ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް ފަންޑިތަ ނުހެދުމަށް ފިގުހު އެކަޑަމީން އެދިއްޖެ

ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ. ފިގުހު އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް ރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އިސްލާމްދީނުގައި ވަރަށް ބޮޑު ފާފައެއްގެ ގޮތުގައި ހަރާމްކޮށްފައިވާ ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާމީ އަގީދާގައި ބަލިތަކުން ޝިފާ ލިބުމަށާއި ހަޔާތުގެ ކަންކަން ރަނގަޅު ކުރުމަށް އެދި ﷲ ސުބަހާނަހޫ ވަތައާލާ ފިޔަވައި އެހެން ފަރާތްތަކަކުން އެ...

މުޙައްމަދު
ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް

ރާއްޖެއަކީ މިހާރު ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ބަލި ކޮންޓްރޯލު ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބަލައިގެންފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެ ގޮތަށް ނިންމީ ހެޕަޓައިޓިސް ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރީ ކަމަށެވެ. އްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް ހެޕަޓައިޓިސް އެ ވެކްސިން ދެވިފައިވާ ކަން...

މުޙައްމަދު
ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާޙްކޮށްފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލު އިފްތިތާޙްކޮށްފި

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސަރުކާރުން އެކުލަވާލި ޚާއްޞަ އުސޫލު މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޚާއްޞަ އުސޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ. މިއީ އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑަ...

ޔުމްނާ ޢަލީ
ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި ލަންކާ މީހާއަށް ތިން ދަޢުވާއެއް

ވިހެއުމަށްފަހު ކުނިގޮނޑަށް ކުއްޖާ އެއްލައިލި ލަންކާ މީހާއަށް ތިން ދަޢުވާއެއް

އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކުފެނުނު މައްސަލާގައި ތުހުމަތުވާ ސްރީލަންކާގެ އަންހެންމީހާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ވަނީ އެމީހާގެ މައްޗަށް ތުހުމަތުވާ އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. ޕީޖީ އޮފީހުން ބުނީ 3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި […]

ޔުމްނާ ޢަލީ
ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފެށުން އަންނަ ހުކުރު ދުވަހު

ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާާމް ފެށުން އަންނަ ހުކުރު ދުވަހު

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓޫ ”ހަފްތާ 14”ގައި ހިމެނޭ މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރެއް ފެންވަރަށް ތަމްރީނުކު...

ޔުމްނާ ޢަލީ
އިންތިޚާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ

އިންތިޚާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށާއި، މާލެ ސިޓީގެ ތިން ދާއިރާ އަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ބޭފުޅުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ. އެކަން ހާމަކުރައްވައި، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ އެ ރަސްމިއްޔާތު ބާއްވަން […]

ޔުމްނާ ޢަލީ
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް 15 ޑިސެމްބަރު 2023 ގައި އެ ތާރީޚް ފަސްކޮށް ޖެނުއަރީ 20 ގައި ބާއްވަން ތާރީޚަށް […]

ޝިއުނާ އާދަމް