ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އަދި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން […]
ހުސައިން ހަބީބް
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ...
އިބްރާހިމް ޚަލީލް
ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު، އިތުރު ފަރުވާ އަށް އެމީހާ ރޭގެ ވަގުތެއްގައި ވަނީ […]
މުޙައްމަދު
އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ […]
މުޙައްމަދު
ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 5282 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑު ކުރެވުނެވެ. މި […]
ޔުމްނާ ޢަލީ
ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއް (ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު) އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވީ އިންޑިއާ ޑޯނިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ބުރާސްފަތި ދުވަހު ފަރުވާއަށް މާލެ ގެނައި، މުޙައްމަދު ޖާހު ޚާލިދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައެވެ. އެ ކުއްޖާ މާލެ ގެނައުން […]
ޔުމްނާ ޢަލީ
ބަލި މީހުން ކުއްލި ފަރުވާއަށް އުފުލާ ނިޒާމު އިސްލާހްކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މިގޮތައް އެންގެވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެންނެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ...
ޔުމްނާ ޢަލީ
ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް […]
މުޙައްމަދު
މާފުށީ ޖަލުގައި ގައިދީންނަށް ކަސަބު ގެތުމުގެ ތަމްރީން ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައްޔާރުކުރުމަށް، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެތަނުގައި އިއްޔެ ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ އެ ސާވިސްގެ މާފުށީ ޖަލުގައި ފެށި ކަސަބު ގެތުމާބެހޭ ވޯކްޝޮޕަކީ، އެތަނުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަ...
ޔުމްނާ ޢަލީ
ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ކަކުލުންތިރި އާއި ހިސާބުން ބުރިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވިންއަށް ގޮސް މައްޗަށް އެރިވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައިޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ފައިގެ ކަކުލުން ތިރިއެއްކޮށް ވަނީ ބުރ...
ޔުމްނާ ޢަލީ
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […]
މުޙައްމަދު
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ […]
މުޙައްމަދު
ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ. ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ. މި ސަމިޓުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ...
ޔުމްނާ ޢަލީ
އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގެ ހަދާފައިވާ ކޮންޓެއިނާ ޕާކު ސަރަޙައްދުގައި ކުރިއަށް ގެންދާ ”ހިޔަލަ ވީކެންޑް މާކެޓް” ހުޅުވައިދެއްވައި ދެއްކެވި ވާހަކާގައެވެ. އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ”ސްޓާޓްއަޕް ލޯން ސްކީމް” އެއް ތައާރަފް ކުރުމަށް ރައީސް ޑރ. މުޙައްމަދު […]
ޔުމްނާ ޢަލީ
ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް މިއަދު ފަށާފައި ވަނީ ގދ. މަޑަވެލީ ގައެވެ. މިކަމަށްޓަކައި މަޑަވެލީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވ...
ޔުމްނާ ޢަލީ