އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގެ ހަދާފައިވާ ކޮންޓެއިނާ ޕާކު ސަރަޙައްދުގައި ކުރިއަށް ގެންދާ ''ހިޔަލަ ވީކެންޑް މާކެޓް'' ހުޅުވައިދެއްވައި ދެއްކެވި ވާހަކާގައެވެ.

Ad
rt

އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ''ސްޓާޓްއަޕް ލޯން ސްކީމް'' އެއް ތައާރަފް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ވަނީ ހިމަނާފައެވެ.

އާ ސަރުކާރުގައި އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަކާއެކު އަންހެނުންނަށް ހާއްސަ އިސްކަމެއް

''ހިޔަލަ ވީކެންޑް މާކެޓް'' ހުޅުއްވައި ދެެއްވުމަށްފަހު ދެއްކެވި ވާހަކާގައި ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ދެ ވައުދުފުޅެއް ވަރަށް އަވަހަށް ފުއްދިގެން ދާނެކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވިދާޅުވިއެވެ.

''އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ. ހަމަ އެއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ލޯނެއް ވަރަށް އަވަހަށް ތައާރަފްކުރެވިގެންދާނެ." ވަޒީރު އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިރޭ ފެށި ''ހިޔަލަ ވީކެންޑް މާކެޓް'' އަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަޙައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކުރާ މާކެޓެކެވެ.

މި މާކެޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.