މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 439 ވަނަ ޞަފްޙާ

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ

އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި...

ޔުމްނާ ޢަލީ
ހަ ބިލިއަން ރުފިޔާ ހޯދަން ކޮރެލް ބޮލެވާޑުން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި

ހަ ބިލިއަން ރުފިޔާ ހޯދަން ކޮރެލް ބޮލެވާޑުން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި

ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ކޮރެލް ބޮލެވާޑަށް ދިން ބިން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލުގައި 426 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން ދައުވާކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ.  އެ މައްސަލާގައި ކޮރެލް ބޮލެވާޑް […]

ހުސައިން ހަބީބް
އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް އޭނާ އަށް އިތުބާރު ކުރައްވައި އިންތިހާބު ކާމިޔާބުކޮށް ދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއްވެސް މީހަކު ތަފާތުނުކޮށް އޭނާ ވާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. Male’ City Mayor kamah alhugandah ithubaaru kuravvaa, inthihaab kodhdhevveethee shukuru […]

މުޙައްމަދު
އިންޑިއާ ސިފައިން ފޮނުވާލުމުގެ ރަސްމީ ވާހަކަތައް ފަށައިފި

އިންޑިއާ ސިފައިން ފޮނުވާލުމުގެ ރަސްމީ ވާހަކަތައް ފަށައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީވާހަކަތައް މިއަދު ފަށައިފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޢިއުލާންކުރެއްވީ އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށްފަހު 3 ޑިސެމްބަރު 2023 ގައި މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައ...

ޔުމްނާ ޢަލީ
ބަލިވީ މަސައްކަތް ނުކުރެވިގެން، ހިދުމަތް ނުކޮށްދެވިގެނެއް ނޫން: ޕީއެންސީ

ބަލިވީ މަސައްކަތް ނުކުރެވިގެން، ހިދުމަތް ނުކޮށްދެވިގެނެއް ނޫން: ޕީއެންސީ

މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ މަސައްކަތް ނުކުރެވިގެން ކަމަށާއި ހިދުމަތް ނުކޮށްދެވިގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ނުދެވުނު ކަމަށެވެ. އިއްޔެގެ އިންތިހާބަކީ ލިބުނު ފިލާވަ...

މުޙައްމަދު
ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާނަން: ރައީސް

ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާނަން: ރައީސް

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާގޮތައް ކަންކަން އިންތިޒާމު ކުރައްވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް އާދައިގެ ބޭސް...

ޔުމްނާ ޢަލީ
ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން

ބައި އިލެކްޝަންތަކުގެ ނަތީޖާ: ގިނަ ގޮނޑި ހޯދީ ޕީއެންސީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީވެއްޖެއެވެ. އީސީން އިއްޔެ ވަނީ ޖުމްލަ ހަތަރު ބައި އިލެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ބޮޑު ޝައުގެއް އަދި ވާދަވެރިކަމެއް އުފެދިގެން އައި ބައި އިލެކްޝަނަކަށްވީ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އާއި […]

މުޙައްމަދު
އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރުމުން އާޒިމާގެ މަރުހަބާ

އާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރުމުން އާޒިމާގެ މަރުހަބާ

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއާ އެންމެ ގާތުން ވާދުކުރި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލި ގަބޫލު ކުރައްވައި އާޒިމަށް މަރުހަބާ ދަންނަވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ އަށް […]

މުޙައްމަދު
ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ

ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ

އަންނަ ރޯދަމަހަށް ދިވެހިރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފ...

ޔުމްނާ ޢަލީ
މާލޭ މޭޔަރުކަމަށް އާޒިމް

މާލޭ މޭޔަރުކަމަށް އާޒިމް

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް، މާލޭ މޭޔަރު ގޮނޑި ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ދައްކައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ގުނި 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ. އާޒިމް އާއި އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ފަރާތުން ވާދަކުރެއްވި ކުރީގެ ބަ...

ޔުމްނާ ޢަލީ
އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ

އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ

ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނ...

ޔުމްނާ ޢަލީ
''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''

''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް އެއްވަނަ މާކެޓަށް އެ ޤައުމު އަލުން ހެދޭގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރާއްޖެ ވަޑައިގެން، ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއ...

ޔުމްނާ ޢަލީ
ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން

ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް […]

ޔުމްނާ ޢަލީ
ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި: ރައީސް

ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި: ރައީސް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައިކަމަށް ރައީސް މުޢިއްޒު މިއަދު ވިދާާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައި...

ޙުސައިން ޝަހުދީ
ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޝުޖާއު

ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޝުޖާއު

ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. އާސަހަރާގައި އައު އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އެތަނުގައި މީހުން ވަޅުލުން މިދިޔަ އަހަރު ހުއްޓައިލާ ހުޅުމާލޭ ސަހަރާއަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރާގައި ތިން އަށް އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލޭއަށެވެ. ހުޅުމާލޭ ސަހަރާ މިސްކިތ...

ޔުމްނާ ޢަލީ