ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފި
“ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތަށް ހަދައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ، “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތައް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ”ހަފުތާ14”ގައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު...