މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 395 ވަނަ ޞަފްޙާ

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދިވެހި މީހާ ހައްޔަރު ކުރީ ފުލުހުންނަށް ފިލައިގެން އުޅޭތީ ފުލުހުންގެ ވެބްސައިޓުގައި އިއުލާން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި […]

މުޙައްމަދު
ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ފަތުރުވެރިއެކެވެ. ރަޝިޔާ އަށް ނިސްބަތްވާ މި މީހާ ގެނބިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އޭޑީކޭ ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން […]

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތަކާމެދު ސަމާލުވުމަށް އެދިއްޖެ

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތަކާމެދު ސަމާލުވުމަށް އެދިއްޖެ

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ‘’ފެންޓަނީލް-ލޭސްޑް ޑްރަގްސް’’ އުފައްދާ އަދި ބައިނަލްއަގްވާމީ ބާޒާރުގައި ދައުރުވުން އިތުރުވެފައި ވާތީ އެކަމާމެދު ރައްޔިތުން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެދިއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި މި ބާވަތް، އާންމު ނަމުންނަމަ ‘’ޗައިނާ ވައިޓް’’ އަކީ ބާރުގަދަ ކެމިކަލްތަކެއް އެކުލެވިގެން އުފައްދާފައިވާ ނުރައްކާތެރި ބާވަތެއްގެ މަސްތުވާއެއްޗެއް ކަމަށެވެ. މި ބާވަތުގެ މަސްތުވ...

ޙުސައިން ޝަހުދީ
ތިނަދޫ ދެކުނު އިންތިޚާބީ މެމްބަރު އަލްސަން ވެސް ޕީއެންސީ އަށް

ތިނަދޫ ދެކުނު އިންތިޚާބީ މެމްބަރު އަލްސަން ވެސް ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަލްސަންގެ އިތުރުން މިދިޔަ އ...

ޔުމްނާ ޢަލީ
އުނގޫފާރުގައި ފެން ކޯރެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިގެން ފަރުވާ ދެނީ

އުނގޫފާރުގައި ފެން ކޯރެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިގެން ފަރުވާ ދެނީ

ރ. އުނގޫފާރުގައި ފެން ކޯރެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އުނގޫފާރުގެ ކުޑަކުދިންގެ ޕާކުގެ ކައިރީގައި ހުރި މަގު ބައްތިއެއް ކައިރީ އޮތް ފެން ގަނޑެއްގައި ކުޅެންތިބި ދެ ކުދިން ކަރަންޓްގައި ޖެހިފައިވާ ކަމަށް މިއަދު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ކަރަންޓްގައި ޖެހިފައި ވަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖެކެވެ. މި ދެ ކުދިންނަށް ވެސް […]

ޔުމްނާ ޢަލީ
ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ

އދ. ސެންޓަރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާދެމުންދާކަމަށް މިއަދު 11:05 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިޔާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނު ދިވެހި މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް އެތަނުން ފުލުހުންނަށ...

ޔުމްނާ ޢަލީ
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަރީޒު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑ...

ޔުމްނާ ޢަލީ
މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ހަރުދަނާ ކުރަން: ހީނާ

މަގާމުތަކަށް ބަދަލު ގެންނަނީ ސަރުކާރު ހިންގުން ހަރުދަނާ ކުރަން: ހީނާ

ސަރުކާރުގެ އެކިއެކި މަގާމުތަކަށް ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގެވުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތެއް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކ...

މުޙައްމަދު
ރޭގައި ހުޅުލެއަށް 63 މޭލަށް ވައިގަދަވި!

ރޭގައި ހުޅުލެއަށް 63 މޭލަށް ވައިގަދަވި!

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ވައިގަދަވީ ހުޅުލެއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު، އާންމު ވައި، އަދި ވިލާގަނޑުގައި ވައި އެންމެ ގަދަވި ބާރު މިނުގެ ރިކޯޑުތައް އާންމުކޮށްފައެވެ. މެޓް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވިލާގަނޑެއްގައި ހުޅުލެއަށް ގަޑިއަކު 63 މޭލަށް […]

މުޙައްމަދު
ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް އޮރެންޖު އިންޒާރު

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް އޮރެންޖު އިންޒާރު

ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިއަދު 8:00 އިން 11:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި […]

ޙުސައިން ޝަހުދީ
ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ  މިރޭ 19:30 އިން 22:30 އަށެވެ. މި ސަމާލުގެ ވަގުތުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […]

ޙުސައިން ޝަހުދީ
މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިސާބު އިތުރުވެއްޖެ

މުދަލު ޒަކާތުގެ ނިސާބު 9353.40ރ. އަށް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ބުނެފި އެވެ. ޒަކާތު ހައުސް އިން ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ ދިވެހި ފައިސާއިން ދައްކާ ނަމަ 9353.40ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ނެރެފައިވާ ނިސާބުގެ އަދަދަކީ 7،140 ރުފިޔާއެވެ. މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވާ އިރު، މިދިޔަ މެއި މަހު ނިސާބު ކަނޑައެޅީ […]

އަލީ އާދިލް
މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އިންތިޚާބު ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން މިއަދު ނިންމައިފިއެވެ. ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި އަދުރޭ މި މަހުގެ 28 ވަނަ ދުވަހު ފެށޭ 20 ވަނަ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރަން ނިންމާފައި ވަނީ ރައީސް ޑރ.މުޢިއްޒު، ޕީއެންސީގެ އިންތިޚާބީ […]

ޙުސައިން ޝަހުދީ
ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ، ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. ‏މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޗ...

ޔުމްނާ ޢަލީ
ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރު ނުދިޔުމަށާއި އަދި މޫދަށް ނޭރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ‘’އަދި ފަޅު...

ޔުމްނާ ޢަލީ