ބައްސާމަކީ ކުށްވެރިއެއް ކަމަށް ސިފަކޮށްގެން ނުވާނެ: ކްރިމިނަލް ކޯޓް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ކުށްވެރިއެއް ގޮތަށް ސިފަ ނުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ބައްސާމްގެ މައްސަލައާ ގުޅޭ ލިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އާންމު ކުރަމުންދާތީ އެކަން ހުއްޓުވަން އޭނާ...