މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 396 ވަނަ ޞަފްޙާ

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓޭޓް ވަޒީރު މަގާމަށް

މިފްކޯގެ ކުރީގެ ސީއީއޯ ޝަމާހު ސްޓޭޓް ވަޒީރު މަގާމަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ކުރީގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކުރައްވައިފިއެވެ. މިފްކޯގެ އިސްވެރިޔާގެ މަގާމުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހު ވަކިކުރީ އިއްޔެއެވެ. އޭނާ ވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައެވެ. ޝަމާހު މިފްކޯގެ ސީއީއޯ ކަމަށް ޢައްޔަނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ...

ޔުމްނާ ޢަލީ
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ޝެޑިއުލަށް ބަދަލު އައިސްދާނެ

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓު ޝެޑިއުލަށް ބަދަލު އައިސްދާނެ

މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޝެޑިއުލަށް ބަދަލު އައިސްދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައި ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުމަށް ބަލައި ފްލައިޓުތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. ވިޒިބިލިޓީ ދަށްވާ ހާލަތުގައި މޫސުން ރަނގަޅު ހިސާބެއްގައި ފްލައިޓް ހިފަހައްޓާނެ ކަމަށާއި މާގިނައިރު މަތީގައިވާނަމަ ކައިރީގައި އޮންނަ އެހެން ޑޮމެސްޓިކް އެއާޕޯޓަކަށް ފްލައިޓު ޖައްސާނެ ކަމަށް ވެ...

މުޙައްމަދު
ކުޅިވަރާބެހޭ ވުޒާރާގެ ނައިބު ވަޒީރު ޝިފާޒް ސަސްޕެންޑްކޮށްފި

ކުޅިވަރާބެހޭ ވުޒާރާގެ ނައިބު ވަޒީރު ޝިފާޒް ސަސްޕެންޑްކޮށްފި

ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޝިފާޒް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. ޝިފާޒް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ކަން “ތިލަދުން” އަށް އެނގިފައިވެއެވެ. އަދި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެން ކަން ވެސް އެނގިފައިވެއެވެ. ޝިފާޒް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ...

މުޙައްމަދު
ނޫރްޢައިން އިސްތިއުފާ ދެއްވައިފި

ނޫރްޢައިން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވި އައިޝާ ނޫރްޢައިން ޖަނާހު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން، ނޫރްޢައިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މިގޮތުން އޭނާ އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ އިއްޔެ ޕީސީބީ އަށް ލިބިފައިވާ ކަމަށް އެތަނުން ވަނީ ބުނެފައެވެ. އެހ...

ޔުމްނާ ޢަލީ
ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު އުތުރުން ފެށިގެން ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ވަރަށް ގޯސްވެފައިވާއިރު، މެޓުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު އާންމު ގޮތެއްގައި ރާއްޖޭގެ އުތުރުން ފެށިގެން މެދު ރާއްޖެތެރެ ހިމެނޭ ސަރަހައްދުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ...

ޙުސައިން ޝަހުދީ
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބު އަންނަ އަންގާރަ ދުވަހު

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބު އަންނަ އަންގާރަ ދުވަހު

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުން އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ. އެ ދުވަހަކީ 20 ވަނަ ރައްޔިތުން މަޖުލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި ދެ ނައިބު ލީޑަރުންނާއި ސެކްރެޓަރީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަޤާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ. […]

މުޙައްމަދު
އެކި ވާހަކަ ދައްކައިގެން ހިޔާ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް

އެކި ވާހަކަ ދައްކައިގެން ހިޔާ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް

އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލޭ ފޭސް ދެއެއްގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓަކަށް ގެންގޮސް ފޭރޭ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދިޔުމަށް އެދުނު ނަމަވެސް ނުދިޔުމަށް އިލްތިމާސް […]

ޔުމްނާ ޢަލީ
މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފި

މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލެއްގައި އައި ބައެކެވެ. އެގޮތުން އެކަކު އަނެކަކު ގައިގައި ތަޅާ އަނިޔާކޮށް، ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. މާރާމާރީ ހިންގުމަށް ފަހު ސައިކަލްގައި އައި ދެ މީހުން އެ ސަރަހައްދުން ދެއެވެ. އެ ސަރަހައްދަށް ފުލުހުން އައި ނަމަވެސް އެ ދެމީހުން އަތުލައެއް ނުގަނެވުނެވެ. މި ވީޑިއޯ އާ ގުޅިގެން […]

މުޙައްމަދު
ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގެ ހަތަރު ތަނަކަށް ގެއްލުންދެމުންދާތީ އެކަން ނުކުރުމަށް އެދިއްޖެ

ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގެ ހަތަރު ތަނަކަށް ގެއްލުންދެމުންދާތީ އެކަން ނުކުރުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ ކޮމިއުނިޓީ ސެންޓަރުގެ ހަތަރު ތަނަކަށް ގެއްލުންދެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ސިޓީ ކައުންސިލުން މި އިލްތިމާސްކޮށްފައި ވަނީ އެ ކައުންސިލްގެ ރަސްމީ ފޭސް ބުކް ޕޭޖު އަދި އެކްސް ހޭންޑްލްގައި ކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުގައި ޤާއިމް ކުރެވިފައިވާ ޕޫލް ރޫމް، ޓޭބަލް ޓެނިސް ރޫމް، ޖިމް އަދި ބެޑްމިންޓަން ކޯޓަށް ބައެއްފަރާތްތަކުން ގަސްތުގައި...

ޔުމްނާ ޢަލީ
އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޅު ކުރުމުންނެވެ. މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކުރީ މެއި 4 ވަނަ ދުވަހެވެ. އެންމެ […]

މުޙައްމަދު
ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. މިއީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެފައިވާ ސަމާލުގެ މެސެޖުގެ ވަގުތު މިފަހަރު ދީފައި ވަނީ މިއަދު 14:30 އާއި ހަމައަށެވެ. މި ސަމާލުގެ ވަގުތުގައި ވެސް އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […]

ޔުމްނާ ޢަލީ
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ފަލަސްތީނުގެ ޣައްޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗ...

މުޙައްމަދު
ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ މައުރަޒެއް ބާއްވަން ރައީސް ނިންމަވައިފި

ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ މައުރަޒެއް ބާއްވަން ރައީސް ނިންމަވައިފި

ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމ...

ޔުމްނާ ޢަލީ
ދިވެހި ހައްޖު މިޝަން ފުރައިފި

ދިވެހި ހައްޖު މިޝަން ފުރައިފި

މި އަހަރުގެ ދިވެހި ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އިއްޔެ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ. ރާއްޖެޭން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކު ވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލަ އެވެ. އެ މިޝަން އިން ސައޫދީގައި ގާއިމްވެ، ރާއްޖޭން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ދާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެ އެވެ. ހައްޖު މިޝަންގައި ހިމެނެނީ ހަތް ފަރާތެކެވެ. 1-...

އިބްރާހިމް އަސްވާޤް
މިއަދު ވެސް މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ރީނދޫ ސަމާލު!

މިއަދު ވެސް މޫސުން ގޯސް، ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ރީނދޫ ސަމާލު!

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މިއީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް ޖެހިޖެހިގެން ރީނދޫ ސަމާލު ނެރުނު ހަތަރު ވަނަ ފަހަރެވެ. މިގޮތުން އިއްޔެ ހަވީރު 18:30 އިން ފެށިގެން މި ސަރަހައްދުތަކަށް މޫސުމީ ސަމާލު، ރީނދޫ ސަމާލު ނެރެމުން އަންނައިރު، މި ފަހަރުގެ ސަމާލުގެ ވަގުތަކީ ހެނދުނު 6:30 އިން 10:30 އަށެވެ. މި ސަމާލުގެ […]

ޔުމްނާ ޢަލީ