މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 394 ވަނަ ޞަފްޙާ

ޔޮޓެއްގައި އޮތް ކުއްތާއެއް ތުލުސްދޫ އަށް ބޭލި މައްސަލައެއް

ޔޮޓެއްގައި އޮތް ކުއްތާއެއް ތުލުސްދޫ އަށް ބޭލި މައްސަލައެއް

ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުންނެވެ. އެ ކުއްތާ ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ މައްސަލައަށް އެޓެންޑްވެފައިވާއިރު، އެ ކުއްތާ މިހާރު ވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. ”އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ” ފުލުހުނ...

ޔުމްނާ ޢަލީ
ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެ، ކާޑާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިޔުމަށް އިލްތިމާސްކޮށްފި

ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެ، ކާޑާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިޔުމަށް އިލްތިމާސްކޮށްފި

އަންނަ ބުދަ އާއި ހަމައަށް ކަނޑު ދަތުރު ކުރެވޭވަރުވާނެތީ މި މުއްދަތުގައި، ކާޑާއި ޒަރޫރީ ތަކެއްޗަށް ބޭނުންޖެހިފައިވާ ރަށްތަކުން އެ ތަކެތި އެ ރަށްތަކަށް ގެންދިޔުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެންޑީއެމްއޭ އިން މި އިލްތިމާސްކުރީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ކަނޑު ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ، ބައެއް ރަށްތަކަށް ކާޑާއި ޒަރޫރީ ތަކެތި ގެންދަން ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާތީއެވެ. އެހ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މާލެއިން ފެނިއްޖެއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ފުލުހުން މިއަދު ބުނިގޮތުގައި އެ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފަވެއެވެ. […]

ޔުމްނާ ޢަލީ
96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ. އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ. ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. […]

ޔުމްނާ ޢަލީ
14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ. އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު […]

ޔުމްނާ ޢަލީ
އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި

އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި

އޮޔާ ދަނިކޮށް މިއަދު ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް، ފެނުނު މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. ފުލުހުން ބުނިގޮތުގައި އެއީ އަންހެނެކެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޮޔާ [...

ޔުމްނާ ޢަލީ
އުތުރުން ފެށިގެން ބޮޑު ބަޔަކަށް އަދި ވެސް މޫސުން ގޯސް

އުތުރުން ފެށިގެން ބޮޑު ބަޔަކަށް އަދި ވެސް މޫސުން ގޯސް

ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ކުރަމުން އަންނަ ވިއްސާރަ އާއި ގުޅިގެން  ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ހެނދުނު 6:00 ގައި ނެރުނު މި ސަމާލުގެ ވަގުތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ. އެއަށްފަހު […]

ޔުމްނާ ޢަލީ
ކަނޑުމަތީ އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ކަނޑުމަތީ އޮޔާ ދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

ކަނޑުމަތީ އޮޔާދިޔަ މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ އިދާރާއަށް މި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރުއެވެ. މިހާރު އެމީހާ ކަނޑުމަތިން ނަގައިގެން ގެންގޮސް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. މިކަމުގެ އިތުރުމައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެ...

ޔުމްނާ ޢަލީ
ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ

ލަންކާ ވިސާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ލިބޭނެ: ޚާރިޖީ ވުޒާރާ

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ނޯންނާނެކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސް، އެކަން އާންމުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ބުނީ ލަންކާގައި އަލަށް ބޭނުންކުރަން ފަށާ އީ-ވިސާ ސިސްޓަމެއް ގާއިމްކޮށް ހިދުމަތް ފަށާފައިވާތީ، އެ ގައުމުގެ ކަމާ ގުޅޭ އިދަރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޚާރިޖީ...

ޔުމްނާ ޢަލީ
ޕީއެންސީގެ އެސްޖީގެ މަގާމަށް ޒީނާޒް ހަމަޖައްސައިފި

ޕީއެންސީގެ އެސްޖީގެ މަގާމަށް ޒީނާޒް ހަމަޖައްސައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ. ޕީއެންސީ އިން ރޭ ބުނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ. ޒީނާޒް އަކީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ/ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރ...

ޔުމްނާ ޢަލީ
ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި

ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންޓިގާ ބާބުޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް، މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމުގެ އިތުރުން، ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރަ...

ޙުސައިން ޝަހުދީ
މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ރަހީނުކޮށްފި

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ރަހީނުކޮށްފި

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހ...

ޔުމްނާ ޢަލީ
ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ

ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ނެރެމުން އައި ރީނދޫ ސަމާލުގެ ދަރަޖަ، ހުދު ސަމާލަށް ބަދަލުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ސަމާލުގެ ދަރަޖަ ހުދު ސަމާލަށް ދަށްކޮށް، މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ  މިރޭ 20:00 އިން މިރޭ […]

ޔުމްނާ ޢަލީ
ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ރައީސް ޑރ. މުއިއްޒު، ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.  އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply...

މުޙައްމަދު
އިތުރު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

އިތުރު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އިއްޔެ މަރުވެއްޖެއެވެ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެ ރިސޯޓުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 […]

މުޙައްމަދު