ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މާލެއިން ފެނިއްޖެއެވެ.

ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

Ad
rt

ފުލުހުން މިއަދު ބުނިގޮތުގައި އެ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފަވެއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރިއިރު، ދިރިއުޅެމުން އައީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ.

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ހަތަރު ދުވަސްވީއިރު ވެސް ޢާއިލާ އަށް ޚަބަރެއް ނުވެގެންނެވެ.

މީހުން ގެއްލޭ މައްސަލަތައް ދިވެހިރާއްޖޭގައި އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.