ކުރިއަށް އޮތް ތިން ދުވަހު ވެސް ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް އާންމުގޮތެއްގައި ގަދަ ވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށެވެ. މިގޮތުން އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި […]
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު ނިންމައި، ދެ ދައުރު ރައްޔިތުންނަށް ކުރެވުނު ޚިދުމަތަށްފަހު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ދެ ދައުރުގައި ވެސް ދިން ހުރިހާ ވޯޓެއް ވެސް އަމިއްލަ ވިސްނުމުގައި، ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ދެވިފައިވުން ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ރިޔާޟް މިހެން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ދައުރު މިއަދު ނިމިގެންދާއިރު، އޭނާ ދެއްވި ވަދާއީ މެސެޖުގައެވެ. މި ނިމޭ 19 ވަނަ މަޖިލީހުގައި ރިޔާޟް ތިމަރަފުށީ […]
ޔުމްނާ ޢަލީ
ރަށްރަށުގައި އިޖްތިމާއީ ބޭނުންތަކަށް ދިއްލާފައި ހުންނަ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެފިއެވެ. ފެނަކަ އިން އެގޮތަށް ބުނެފައި ވަނީ ރ. އުނގޫފާރުގައި ކުޑަކުއްޖަކާއި 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހުނު ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ޒަހަމްވި 18 އަހަރުގެ ޒުވާނާ އަށް ފަރުވާ ދިނުމަށް މާލެ ގެނައިއިރު، އެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށުގައި ދިއްލާފައިވާ […]
މުޙައްމަދު
ޔޮޓެއްގައި ރާއްޖެއައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫ އަށް ބޭލި މައްސަލަ ތަޙްޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާފައި ވަނީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުން އިއްޔެއެވެ. އެ ކުއްތާ އެރަށަށް ބޭލި މައްސަލާގައި ފުލުހުން ވެސް އެޓެންޑްވެފައިވާއިރު، އެ ކުއްތާ އިއްޔެ އަނބުރާ ޔޮޓަށް ގެންގޮސްފައެވެ. އެ ކުއްތާ ތުލުސްދޫ އަށް ބާލާ މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވާއިރު، […]
ޔުމްނާ ޢަލީ
ސަރުކާރުގެ ވިސްނުމަކީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ސަރުކާރުގެ ވިސްނުން ހާމަކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރައީ...
ޔުމްނާ ޢަލީ
ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ގްރޭސްއަށް ތުހުމަތު ކުރޭތޯ ބަލަން އެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހުމާން ސުވާލު ކުރި ކަމަށް މީހަކު މިއަދު ޝަރީއަތަށް ހެކިބަސް ދީފި އެވެ. އޮކްޓޫބަރު,2021 މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިނާއި އެކަމުގައި ބައިވެރިވި ކަމަށް ބުނެ މާވިންގެ ލޯބިވެރިޔާގެ ގޮތުގައި ތުހުމަތުވާ ލަމްހާގެ […]
ހުސައިން ހަބީބް
މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލްމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް ވަޒީރު މަރިޔަމް ވިޝާމާ ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އޭޕްރިލްގެ ނިޔަލަށް ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ވަނީ މިހާތަނަށް ދޫކޮށްފައެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން [...
ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މިއަދު 15:00 އިން މިރޭ 21:30 […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ. މިއީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ކ...
ޔުމްނާ ޢަލީ
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާއެކު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ސިޓީ ކައުން ބުނީ މޭޔަރުގެ މި ޒިޔާރަތުގައި އެ ތިން ސްކޫލްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ ސްކޫލްތަކުގެ އަދާހަމަ އާއި މިވަގުތު ހުރި ގޮންޖެހުންތައް އޮޅުންފިލުއްވައި، ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަންނަވާފައިވާ ކަމަށެވެ. ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްކަމަށްވާ ޖަލާލުއް...
ޔުމްނާ ޢަލީ
މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނުނިންމާ އޮއްވާ ދޫވި މައްސަލާގައި ސުޕްރީމް ކޯޓުގެ ދެ އަމުރެއް ދެ ގޮތަކަށް އެބަ އޮތް ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ބުނެފި އެވެ. ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި […]
ހުސައިން ހަބީބް
މާލޭގައި ދެ ސައިކަލު ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ދަރުބާރުގެ ޓްރެފިކްލައިޓް ކައިރިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި އެތަނުން އެއްސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އެކްސިޑެންޓުގައި […]
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ވިދާޅުވީސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް...
މުޙައްމަދު
މި އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރާ ތިން ރަށް ކަނޑައަޅައި އެކަން އިއުލާންކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރުން އެއް ރަށުގައި، މެދުރާއްޖެ ތެރެއިން އެއް ރަށުގައި އަދި ދެކުނުގެ އެއް ރަށުގައި އީދު ފާހަގަ ކުރުމަށެވެ. އެގޮތުން އުތުރުން އީދު ފާހަގަ ކުރާނީ ރ. އިނގުރައިދޫގައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ދ. ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި މިފަހަރު އީދު ފާހަގަ ކުރާއިރު، ދެކުނުގައި […]
މުޙައްމަދު
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު އޭގެ ތެރެއިން 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު އެކަށީގެންވާ ވަރަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ. އެ މައްސަލަ [...
ހުސައިން ހަބީބް