މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 392 ވަނަ ޞަފްޙާ

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ، މުޅި ރާއްޖެއަށް ހުދު ސަމާލު

ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކޮށް، މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ މެސެޖުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު އޮފީހުން […]

ޙުސައިން ޝަހުދީ
ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ

ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ

ހައްޖުވެރިން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީ އެކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާއެއްގޮތަށް ޢަމަލުކޮށް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިއަހަރުގެ ހައްޖުގެ މަތިވެރިކަން އަދާކުރުމަށް ދިވެހި ހައްޖުވެރިން ފުރާ ދުވަސްތަކުގައި ވީއައިއޭގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށެވެ. މިއަހަރުގެ ހައްޖުގެ މަތިވެރިކަން އަދާކުރުމަށް ދިވެހި ހައްޖުވެރިން ފުރަން ހަމަޖެހިފައި ވަނީ މި...

ޔުމްނާ ޢަލީ
ސިވިލް ސަރވިސް ކޮންފަރެންސް އަންނަމަހު ބާއްވަނީ

ސިވިލް ސަރވިސް ކޮންފަރެންސް އަންނަމަހު ބާއްވަނީ

ސިވިލް ސަރވިސް ކޮންފަރެންސް އަންނަމަހު 9 އިން 10 އަށް ދަރުބާރުގޭގައި ކުރިއަށް ދާނެކަމަށް ކުރިއަށްދާނީ ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ. ސީއެސްސީއިން މިއަދު ބުނީ، ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ކުރިއަށް ދާނީ “ސްމާޓް ގަވަރނަންސް ފޮރ ސިވިލް ސަރވިސް އެކްސެލެންސް” ގެ ޝިޢާރުގެ ދަށުން ކަމަށެވެ. ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮނ...

އިބްރާހިމް އަސްވާޤް
ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ. ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯން...

ޔުމްނާ ޢަލީ
"ރަފަހް އަނދަނީ" ނަމުގައި ހުކުރު ދުވަހު ބޮޑު އެއްވުމަށް މާލޭގައި ބާއްވަނީ

"ރަފަހް އަނދަނީ" ނަމުގައި ހުކުރު ދުވަހު ބޮޑު އެއްވުމަށް މާލޭގައި ބާއްވަނީ

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ވެރިވެގަނެ، ހިންގަމުން ގެންދާ ގަތުލުއާންމާ ގުޅިގެން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ. “ރަފަހް އަނދަނީ” ނަމުގައި އިސްރާ ޖަމިއްޔާ އިން ބާއްވާ އެއްވުން އޮންނާނީ ހުކުރު ދުވަހު 4 ޖަހާއިރު އާޓިފިޝަލް ބީޗުގައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ވަނީ ފަށައިފައެވެ. ގުނޫތު ކިޔަން ފަށާފައި ވަނީ މަޣުރިބު ނަމާދާއި […]

މުޙައްމަދު
ފަލަސްތީނުގެ ހައްގުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ތައްޔާރު: ހީނާ

ފަލަސްތީނުގެ ހައްގުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅަން ތައްޔާރު: ހީނާ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ރާއްޖެ އިން އަޅަން ތައްޔާރަށް އޮތް ކަމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ސްޓޭންޑް ނަގަމުން އަންނަ ކަމަށާއި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުން އަންނަނީ އެހެން ގައުމުތަކަށް ވުރެ ގިނަ މަސައްކަތްތަކެއް ކަމަށެވެ. އެހެންވެ، ފަލަސްތ...

މުޙައްމަދު
މޫސަގެ މަރު: ސައްމާހު ބަންދުކުރަން މިފަހަރު ވެސް ހައިކޯޓުން އަމުރެއް ނުދިން

މޫސަގެ މަރު: ސައްމާހު ބަންދުކުރަން މިފަހަރު ވެސް ހައިކޯޓުން އަމުރެއް ނުދިން

މީގެ ހަތް އަހަރު ކުރިން މާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލި މޫސާ އަހުމަދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ އިސްތިއުނާފު ނިމެންދެން އޭނާ ބަންދު ނުކުރަން ހައި ކޯޓުން އަނެއްކާވެސް ނިންމައިފި އެވެ. ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފުގެ ޝަރީއަތް […]

ހުސައިން ހަބީބް
ޕީއެސްއެމުން އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަނީ

ޕީއެސްއެމުން އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަނީ

އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ނިންމިކަން ޕީއެސްއެމުން ހާމަކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ. ޕީއެސްއެމުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، ކުންފުނީގެ މެނޭޖުމަންޓާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގ...

ޔުމްނާ ޢަލީ
ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ޙާފިޒް އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހިދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާއި ގުޅިގެން އެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. މަރްޙޫމް އަޙްމަދު ޙާފިޒަކީ ދައުލަތުގެ އެކިމަގާމުތައް 33 އަހަރަށްވުރެ ގިނަ މުއްދަތަކަށް ފުރުއްވާފައިވާ، ޚާއްޞަގޮތެއްގައި ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް އެކަށަހަޅުއްވައި، މަސްވެރިކަމުގެ ދާއިރާއިން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަރްޙޫމް ޙާފިޒު އަވަހާރަވީ ކެންސަރު ބަލ...

ޔުމްނާ ޢަލީ
'ސިޑްސް'ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް މުޢިއްޒު ވަކާލާތު ކުރައްވައިފި

'ސިޑްސް'ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް މުޢިއްޒު ވަކާލާތު ކުރައްވައިފި

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މަހާސިންތާގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަކާލާތު ކުރައްވައިފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި މި މެއި 27 އިން މިއަދުގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާގައި ރައީސް މުޢިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވައި ވާހަކަފުޅުދައްކަވާފައެވެ. މިގ...

ޔުމްނާ ޢަލީ
މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ

މަޖިލީހުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް އުފައްދަން ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޕީއެސްއެމް “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެދިގެން ދާނެ ކަމަށެވެ. އާންމު ކޮމިޓީން އެގޮތަށް ނިންމިޔަސް، މަޖިލިހުގެ ތަޅުމުން އެކަން ފާސް ކުރަން ޖެހެއެވެ. ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކ...

މުޙައްމަދު
މާލޭގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

މާލޭގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މާލޭގައި ދެ ސައިލުޖެހި އެކްސިޑެންޓެއް ހިނގައިގެން މިއަދު 10:39 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބުރުޒުމަގު، ޓީވީ މޯލްޑިވްސް ކުރިމަތިންނެވެ. މި އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އަނިޔާވެފައިވާއިރު، އެތަނުން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ދިވެހި ފިރިހ...

ޔުމްނާ ޢަލީ
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަލުން ގުނޫތު ކިޔަން ފަށަނީ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަލުން ގުނޫތު ކިޔަން ފަށަނީ

ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން އަނެއްކާވެސް ގުނޫތު ކިޔަން ފަށާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްދަތި ހާލަތާ ގުޅިގެން، މިއަދުން ފެށިގެން މަޣުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގާނެ ކަމަށެވެ. “މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އ...

މުޙައްމަދު
މުޅި ރާއްޖެއަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

މުޅި ރާއްޖެއަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓު […]

ޔުމްނާ ޢަލީ
ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ފުޝްޕަ ކަމަލް ދަހަލްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރި...

އިބްރާހިމް އަސްވާޤް