މަސްތުވާތަކެތީގެ ވިޔަފާރި ކުރި ތ. މަޑިފުށި މީހަކު 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށްލުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި އަހަރުގެ ފެބްރުވަރީ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެރަށުގެ ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކޮށް އޭނަ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ހުކުމް މިހާރު ވަނީ އިއްވާފައެވެ. މިމަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ނާޒިމާ ޢަލީ ޢައްޔަނުކޮށްފި އެވެ. ކޭއާރުއެޗުން އިއްޔެ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ނާޒިމާ އެ ހޮސްޕިޓަލްގެ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. ނާސިން އަދި މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ނާޒިމާ އަކީ ސިއްހީ ދާއިރާގައި ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެފަހުން ހުންނެވީ އައިޖީއެމްއެޗްގެ ނާސިންގ ކޯޑިނޭޓަރުގ...
ޔުމްނާ ޢަލީ
ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި މި އަހަރުގެ އޮލިމްޕިކް ކޮލިފައިން އިން ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ފާތިމަތު ދީމާ މިއަދު ހޯދައިފިއެވެ. މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި އުމުރުން 15 އަހަރުގެ ދީމާ ވާދަކުރީ ސްރީލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގައި ވެސް މި ދެކުޅުންތެރިންގެ ވާދަވެރިކަން ފެނިގެން ގެންގޮސްފައިވެއެވެ. އެ މެޗު 4-...
މުޙައްމަދު
ޒިކާ ވައިރަސް ފެތުރެމުންނެއް ނުދާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ. ޒިކާ ފެތުރެމުން ނުދާކަމަށާއި، ޒިކާ ފެތުރޭކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫންކަމަށް އެ ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ. އީޑީސް މަދިރީގެ ސަބަބުން ފެތުރޭ މި ނުރައްކާތެރި ބަލީގެ އަލާމާތްތައް ޑެންގީގެ އަލާމާތްތަކާ އެއްގޮތެވެ. ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ. މާބަނޑު މީހަކަށް ޒިކާ […]
ޔުމްނާ ޢަލީ
ދަރިފުޅަށާއި އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ޖަލަށްލުމުގެ އިތުރުން އޭނާގެ ރުޅި މައިތިރި ކުރުމަށްޓަކައި ކައުންސެލިން ހޯދުމަށް އެ މީހާގެ ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ކ. ކާށިދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާއަށް ކުރީ އަތްލުމުގެ ދެ ދައުވާ އެވެ. ދަރިފުޅަށް އަނިޔާކުރި މައްސަލާގައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ އެކަމަށް އިންކާރު ކުރިޔަސް, ހެކިންގެ ހެކިބަހުން […]
ޙުސައިން ޝަހުދީ
މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޮޮއޮގަސްޓް, 2018 ގައި އާގިލް މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ. މިއަދު ހެނދުނު ބޭއްވި ކްެރިމިނަލް ކޯޓުން އޭނާގެ މައްޗަށް […]
ޙުސައިން ޝަހުދީ
ހުޅުމާލޭ ފޭސްގެ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުހުން ބުނިގޮތުގައި ފޭސް އެކެއްގެ ސަހަރާ ކުރިމަތި މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެގެން ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ ނިޔާވެފައެވެ. އެކަން ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހާ ފެނުނީ އެތާ ޕާކުކޮށްފައި އޮތް ވޭނެ...
ޔުމްނާ ޢަލީ
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރު ނެރުނީ ގޯސްކޮށް ނިންމައި, ސުޕްރީމް ކޯޓުން މިއަދު އެ އަމުރު ބާތިލްކޮށްފި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ގުޅީފަޅު ހިއްކަން ހަވާލުކޮށްފައި ވަނިކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި, އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެކަން ހުއްޓުވި އެވެ. ނަމަވެސް […]
ހުސައިން ހަބީބް
ރާއްޖޭގައި ވަރިވާން ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭތީ ކަމަަށް ބުނެ ކަމަށާއި ގިނަ ފިރިހެނުން އަންހެނުން ވަރިކުރާ ސަބަބެެއް ކަމަށް ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެ އެވެ. އާއިލާތަކުގެ ދުވަހާ ގުޅިގެން އިސް ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަރަށް ގިނަ ކައިވެނިތައް ރޫޅެނީ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އަނބިމީހާ ވަރިކުރާ މައްސަލަތަކުގައި […]
ހުސައިން ހަބީބް
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހޯދަން ދިވެހި ފުލުހުންގެ އިދާރާއިން އިޢުލާންކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒ...
އަލީ އާދިލް
މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނަކަށް، ދިވެހި ބަސް ނޭނގޭ ކަމަށް ބުނުމުން ކޯޓުން އޭނާއަށް ތަރުޖަމާނަކު ހަމަޖައްސަން މިއަދު އަންގައިފި އެވެ. ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އެޑްރެސް އޮތީ މާލޭގައެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭންގޭ ކަމަށާއި، ތަރުޖަމާނަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީފައިވާ ކ...
ހުސައިން ހަބީބް
ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތުގައި ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. އަލްހާނާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ސަހުބާން އިތުރުން ޝަޒްބާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް […]
ހުސައިން ހަބީބް
ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއެއް ފަށަން މި ސަރުކާރުން ނިންމައިފިއެވެ. އެކަން އިއުލާން ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭ އަމަލީ މަސައްކަތް ފަށައި، ދެ އަހަރުގެ ތެރޭގައި ނިންމާލާއިރު، އެ ކަން ކުރާނީ ކޮމިއުނިޓީ ބޭސް މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. https://twi...
މުޙައްމަދު
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލެއްވުމަށް ފަލަސްތީނުން ޝުކުރު އަދާކޮށްފިއެވެ. އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ރަސްމީ “އެކްސް” އެކައުންޓުން ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އެއްބައިވެ، ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ފަލަސްތީނުގެ “އެކްސް” އެކައުންޓުން ކުރި […...
މުޙައްމަދު
ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ، ކުށެއް ނެތް ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ކުރިން ވެސް ބުނަމުން އަންނަ ބުނުން ތަކުރާރުކޮށްފައެވެ. އިރުމ...
ޔުމްނާ ޢަލީ