ބަނޑޭރިކޮށީގައި ހުރި ފަޅު އެޕާޓްމަންޓަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ ފަޅު އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެކެވެ. އެމީހާ ފެނުނު އެޕާޓްމަންޓަކީ މީހުން ނޫޅޭ ފަޅުތަނެއްކަމަށް ކަށަވަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިތުރު މައުލޫމާތު ކަންކަނ...