މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ ފަޅު އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ބަނޑޭރި ކޮށީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެކެވެ.
އެމީހާ ފެނުނު އެޕާޓްމަންޓަކީ މީހުން ނޫޅޭ ފަޅުތަނެއްކަމަށް ކަށަވަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އިތުރު މައުލޫމާތު ކަންކަން ސާފުވުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!