ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ވައިގަދަވީ ހުޅުލެއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު، އާންމު ވައި، އަދި ވިލާގަނޑުގައި ވައި އެންމެ ގަދަވި ބާރު މިނުގެ ރިކޯޑުތައް އާންމުކޮށްފައެވެ.

Ad
rt

މެޓް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވިލާގަނޑެއްގައި ހުޅުލެއަށް ގަޑިއަކު 63 މޭލަށް ވައިގަދަވިއެވެ. ދެވަނަ އަށް އެންމެ ވައި ގަދަވީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް ވިލާގަނޑުގައި 62 މޭލަށް ވައި ގަދަވިއެވެ. ތިން ވަނަ އަށް ވައިގަދަވީ ކ. ގާފަރަށެވެ. ގާފަރަށް ވިލާގަނޑުގައި 57 މޭލަށް ވައިގަދަވިއެވެ.

މެޓުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ވިލާގަނޑުގައި ވައި ޖެހޭ މިންވަރު އާންމު ގޮތެއްގައި ހުރީ 40 މޭލާއި 60 މޭލާ ދެމެދުގައެވެ.

ވިލާގަނޑުގައި އެންމެ ވައިގަދަވި ފަސް ރަށް:

  • ހުޅުލެ - ގަޑިއަކު 63 މޭލަށް
  • ބ. ދަރަވަންދޫ - ގަޑިއަކު 62 މޭލަށް
  • ކ. ގާފަރު - ގަޑިއަކު 57 މޭލަށް
  • އއ. ތޮއްޑޫ - ގަޑިއަކު 54 މޭލަށް
  • ނ. މާފަރު، އދ. މާމިގިލި 52 މޭލަށް

ރާއްޖެ އަށް މިހާތަނަށް އެންމެ ވައިގަދަވީ ސ. ގަމަށެވެ. މެއި 29، 1991 ގައި ގަމަށް ގަޑިއަކު 103.5 މޭލަށް ވައިގަދަވިއެވެ.

ރާއްޖެ އަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، މިއަދު ވެސް ގިނަ ހިސާބުތަކަށް މޫސުން ގޯހެވެ. މި ފަހުން ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށި ފަހުން އެންމެ ގަދައަށް ވައި ޖެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ މ. މުއްޔަށެވެ. މުއްޔަށް 64 މޭލަށް ވައި ގަދަވިއެވެ.