ފެން ނުހިނދޭތީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މާލެސިޓީ ކައުންސިލުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިވަގުތު މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެންކަމަށެވެ. މިވިއްސާރައާއެކު ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗީގެ މިންވަރަކަށް ހަރުލާފައި ހުރުމުގެ ސަބަބުން މައްޔިތާ ވަޅުލުމަށް ވަޅުކޮނެ ސަންދޯއް ބެހެއްޓުމުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވާތީއެވެ. “މިއަދުން ފެށި...