މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 300 ވަނަ ޞަފްޙާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ބޭއްވޭ މި ކޮންފަރެންސްގައި، ވަޒީރު ޑރ. ޝަހީމް ޢިލްމުވެރިންގެ ސެޝަންގައި ވާހަކަފުޅު ދައްކަވާ ގ...

އަލީ އާދިލް
ސަފާރީން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

ސަފާރީން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

މިއަދު ސަފާރީއަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. “ނޯތު 07” ސަފާރީގައި ހުރި ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ރިޕޯޓު ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތަށް ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފެށިކަން އެމްއެންޑީއެފުން ހާމަކުރީ މިއަދު ހެނދުނު 10:35 ހާއިރުއެވެ. އެ މައްސަކަތުގެ ތެރެއިން ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ [...

ޔުމްނާ ޢަލީ
އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި

އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން  މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވަން  ނިންމައިފިއެވެ. އެމްޑީޕީން ސިޔާސީ ބޮޑު އެއްވުމެއް ބާއްވަން ނިންމީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމު ގައެވެ. ރިޔާސަތުން އެ މައްސަލަ ހުށައެޅުމުން ހުރިހާ މެންބަރުން އެކަމަށް ތާޢީދު ކުރިއެވެ. މިހާރު ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީގެ ބާރު ކެނޑުވާލުމަށް ގެނެސް ފައިވާ ބަދަލުތަކެއް ކަމަށް އެމްޑީޕީއިން ބުނެއެވެ. […]

އިސްމާއިލް މޫސާ
ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކަނޑަށް ވެއްޓިގެން ރިޕޯޓުކޮށްފައި ވަނީ “ނޯތު 07” ނަމަކަށް ކިޔާ ސަފާރީއެއްގައި މީހެކެވެ. އެމީހާ ކަނޑަށް ވެއްޓުނުއިރު ސަފާރީ އޮތީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައެވެ. “ނޯތު 7 ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަ...

ޔުމްނާ ޢަލީ
ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތްކޮށްފި

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތްކޮށްފި

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ. ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް […]

ޔުމްނާ ޢަލީ
ހދ. އަތޮޅު ރައީސްކަމަށް ކުރިމަތިލީ ވަހީދު އެކަނި، އިންތިހާބު ވެއްޖެ

ހދ. އަތޮޅު ރައީސްކަމަށް ކުރިމަތިލީ ވަހީދު އެކަނި، އިންތިހާބު ވެއްޖެ

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަޙީދު އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ. މިއީ 2025 ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ހަމައެކަނި ކުރިމަތިލާފައިވާ ފަރާތެވެ. ވަޙީދު ކުރިމަތި ލެއްވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޓިކެޓުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިންތިޚާބު ކުރަންޖެހޭ އ...

އަލީ އާދިލް
މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގެ ތަޙުޤީގު ނިންމާ މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެކަމަށެވެ. މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްއާގުޅ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި

މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. އެއިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާކަމަށާއި މިޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤައުމުގެ ޙާލަތާއި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލ...

އަލީ އާދިލް
ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންވެ އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. ‘’އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކު...

ޔުމްނާ ޢަލީ
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރަން މީގެ ކުރީން އެކި ތާރީޚްތައް ދިން ނަމަވެސް އަދިވެސް އެ ލިސްޓް އޮތީ އާންމު ނުކޮށެވެ. އެ ލިސްޓާމެދު ކުރިމަތިލި ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، އެ ލިސްޓް އާންމު ނުކުރެވިދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 […]

ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިނ...

ޔުމްނާ ޢަލީ
ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނު ކުރަނީ

ޑްރަގްގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ކައުންސިލަރުން ތަމްރީނު ކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަށައިފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު 17/2011 ގެ ދަށުން އުފެދިފައިވާ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުން ހިމެނިފަވެއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ...

ޙުސައިން ޝަހުދީ
ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދޫ އަތޮޅަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށެވެ....

ޔުމްނާ ޢަލީ
ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް

ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް

ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި އަދި ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކ...

ޔުމްނާ ޢަލީ