ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށް ނެތިން: ނަޝީދު
މިވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރަށްވަން ބޭނުންފުޅު ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ފެޔަށްޖެހިވަޑައިގަންނަވަން ބޭނުންފުޅު ނޫންކަަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓިސްގެ އިސް ބޭފުޅުންތަކެއް އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކު...