މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,867 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 297 ވަނަ ޞަފްޙާ

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

އުތީމު ޓީމަށް ހިތްވަރު ދިނުމަށް އެރަށު ރިސޯޓު މުވައްޒަފުންގެ ހަދިޔާއެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ އުތީމު ފުޓްސަލް ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށަށް ނިސްބަތްވާ ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީއެއް ދީފިއެވެ. އުތީމު ކައުންސިލުން ވަނީ އެކަން ފާހަގަކޮށް، އެކަމުގައި އިސްކޮށް އުޅުނު އެރަށު ފީރޯޒްގެ އާދަމް ރަމީޒަށާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އުތީމު ފުޓްބޯޅަ ކްލަބްގެ ފަރާތުން ވެސް ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ. ރިސޯޓުތަކުގައި ވަޒީފާ އ...

ޔުމްނާ ޢަލީ
ތޮއްޑޫ އިހުރު ބަޒާރުން ހަޓު ކުއްޔަށް ދޫކުރަނީ

ތޮއްޑޫ އިހުރު ބަޒާރުން ހަޓު ކުއްޔަށް ދޫކުރަނީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އއ. ތޮއްޑޫގައި ޤާއިމްކޮށްފައިވާ އިހުރު ބާޒާރު މާރުކޭޓުން 6 ހަޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ. ބީސީސީއިން ބުނީ ހަޓުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީސީސީން ހާމަކުރި ގޮތުގައި މާރުކޭޓެއް ޤާއިމުކުރުމުގެ މައިގަނޑު މަޤުސަދަކީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމާއި، ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއު...

އިސްމާއިލް މޫސާ
ޕޮލިހުން ކުރި މަސައްކަތުން 19.2 މިލިއަން ރުފިޔާގެ ތަކެތި ރިކަވަރކޮށްފި

ޕޮލިހުން ކުރި މަސައްކަތުން 19.2 މިލިއަން ރުފިޔާގެ ތަކެތި ރިކަވަރކޮށްފި

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުން ކުރި މަސައްކަތްތަކުގެ ތެރެއިން 19.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އަގުހުރި ތަކެތި ރިކަވަރ ކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ތަފާސްހިސާބުތަކުގައި މާލެ ފްރަންޓްލައިން ޕޮލިސިންގ، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ބަހާތަކުގެ މަޢުލޫމާތު ހިމެނެއެވެ. ރިކަވަރކުރެވުނު ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު، 253 މޮޓޯ ސައިކަލް، 107 އިލެކްޓްރޯނިކްސް އައިޓަމް އަދި އެހެނިހެން ތަކެތި ހިމެނެއެވެ. މީގެ އިތުރުން، 374 މައްސަލައެއްގައި...

އަލީ އާދިލް
ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު!

ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު!

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ނެރެފައިވާ މިސަމާލުގައި ވާގޮތުން، މިއަދު ހަވީރު 3:30 އިން ފެށިގެން ރޭގަނޑު 7:30 އާ ހަމައަށް މި ސަރަހައްދުތަކުގައި މޫސުން ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ. މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި […]

އިބްރާހިމް އަސްވާޤް
ކިލޯއެއްހާ މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ކިލޯއެއްހާ މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކިލޯއެއްހާ މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަޙްމަދު ޝަޢުބާން ލަޠީފް (26އ) އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޮޕަރޭޝަނުގެ ތެރެއިން، އަޙްމަދު ޝަޢުބާން ލަޠީފްއާ ގުޅުންހުރި...

އަލީ އާދިލް
ތިމާވެށީގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތަށް އެސްޓޯނިޔާ ރައީސްގެ ތައުރީފް

ތިމާވެށީގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތަށް އެސްޓޯނިޔާ ރައީސްގެ ތައުރީފް

ތިމާވެށި ހިމާޔަތްކުރުމާގުޅޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތައް ދިފާއުގައި ދިވެހިރާއްޖެއިން ކުރަމުންދަނީ އަގުހުރި މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވިދާޅުވެއްޖެއެވެ. އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް މިހެން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެސްޓޯނިއާގެ ރައީސް، ރާއްޖޭގެ ރައީސް މުޢިއްޒުއަށް މަރުޙަބާ ދަންނަވާ ފޮޓޯތ...

ޔުމްނާ ޢަލީ
އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏެއް

އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏެއް

އުމްރާއަށް ގެންދިޔުމުގެ އުސޫލާ ޚިލާފްވި 19 ކުންފުންޏަކަށް ފިޔަވަޅުއަޅަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އެ ވުޒާރާއިން ނިންމާފައި ވަނީ އެއިން ކޮންމެ ކުންފުންޏެއް 5 ހާސް ރުފިޔާއިން ޖޫރިމަނާކުރުމާށް ވެސް ވަޒީރު ވިދާޅުވިއެވެ. ”އުމްރާއަށް މީހުން ގެންދިއުމަ...

ޔުމްނާ ޢަލީ
ރާއްޖެ-އެސްޓޯނިއާ، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް

ރާއްޖެ-އެސްޓޯނިއާ، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެމެދު އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގެ ހަވާސާގައެވެ. މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިހާރު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަމުންނެވެ.  މި ދަތުރުފުޅުގެ ތެރެއިން ދެ ރައީސުން ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ...

ޔުމްނާ ޢަލީ
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ

މާލޭގެ ކެފޭއެއްގައި އިންދާ ޚަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ޚަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނީ މިރޭ 22:32 ގައެވެ. އެމީހާ އަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ. މިރޭ 00:12 ގައި އެ ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެމީހާ ނި...

ޔުމްނާ ޢަލީ
މުހައްމާ އަށް ބްރޯޑްކޮމް މެންބަރުކަމުގެ އުންމީދު ހަނިވެއްޖެ

މުހައްމާ އަށް ބްރޯޑްކޮމް މެންބަރުކަމުގެ އުންމީދު ހަނިވެއްޖެ

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނިންމުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުގެ ޖާގައެއް ލިބުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އޮތް ފުރުސަތު ހަނިވެއްޖެއެވެ. ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންގެ ނަންތައް ރައީސް، މަޖިލީހަށް ފޮނުއްވާފައިވާއިރު އެންމެ އިސް...

ޔުމްނާ ޢަލީ
ފިއްޓޭ ޕީއެންސީއަށް ވެއްދީ އެމްޑީޕީން، ވާގިވެރިވީ ޕީއެންއެފުން: ޝުޖާއު

ފިއްޓޭ ޕީއެންސީއަށް ވެއްދީ އެމްޑީޕީން، ވާގިވެރިވީ ޕީއެންއެފުން: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްދީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރޭވުމަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ފިއްޓޭ ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މެމްބަރު ޝުޖާއު ވިދާޅުވި ގޮތުގައި މިކަން ކޮށްފައިވަނީ...

ޔުމްނާ ޢަލީ
ސަޕްލައި ދޯންޏެއް ފައިނު ނެރު ފައިކަށްޓަށް އަރައި ގެއްލުންވެއްޖެ

ސަޕްލައި ދޯންޏެއް ފައިނު ނެރު ފައިކަށްޓަށް އަރައި ގެއްލުންވެއްޖެ

ރ. ފައިނު ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެމްއެންޑީއެފް އިން ބުނީ، ފައިނު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރު ފައިކަށްޓަށް އަރައި، ބަނޑުފިލައިން ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ދޯންޏަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. މިއަދު މެންދުރުފަހު 13:46 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބުނު ގޮތުގައި “މިނާ” ނަމަކަށް ކިޔާ ސ...

އަލީ އާދިލް
ރައީސް ޑރ. މުޢިއްޒުއަށް އެސްޓޯނިއާއިން ހޫނު މަރުޙަބާއެއް

ރައީސް ޑރ. މުޢިއްޒުއަށް އެސްޓޯނިއާއިން ހޫނު މަރުޙަބާއެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެސްޓޯނިއާއިން ރަސްމީކޮށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. އެއަށްފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ޤައުމު...

އަލީ އާދިލް
އިސީން ފިއްޓޭގެ ފޯމު ބާޠިލްކޮށް މައްސަލަ ބަލަނީ

އިސީން ފިއްޓޭގެ ފޯމު ބާޠިލްކޮށް މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގުމަކާ ނުލައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފޯމު ބާޠިލްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މިއަދު ހާމަކޮށްފި އެވެ. އީސީން މިއަދު ބުނީ މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާޠިލްކޮށް، މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް އިތުރަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފިއްޓޭގެ […]

Thiladhun