ކުޅުދުއްފުށީ ކުޅީގައި ގުޑުގުޑާ ދޫނި ތިބޭއިރު ކެނޯ ދުއްވުން މަނާ
ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށާފައިވާއިރު، ގުޑުގުޑާ ދޫނި ކުޅުދުއްފުށީ ކުޅީގައި ތިބޭ މުއްދަތުގައި ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއްކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ދޫނިތަކަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައެވެ. 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވާ މޫސުމުގައި ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަމުންދާ ގުޑުގުޑާ ދޫނިތަކުން ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގ...