ޒަކާތު ޢިލްމުގެ ދާއިރާގެ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓުގައި
ޒަކާތު ޢިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ފަށަން ތައްޔާރުވެއްޖެއެވެ. މި ކޯހަކީ “ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް” ގެ ނަމުގައި ހިންގާ ކޯހެކެވެ. މި ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ. އިލްމް އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ބަހުން ކިޔަވައިދޭ ޑިޕްލޮމާ ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ ޢިލްމީ ބޭފުޅުންނެވެ. ކޯހުގައި ކިޔަވައިދޭ...